ދިވެހިރާއްޖެ
2013 ސެޕްޓެންބަރު 07 ވީ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުފޮށި ބެހެއްޓި40 ރިސޯޓުގެ އިތުރުން، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އިތުރު 3 ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓާ ގޮތަށް ވަނީ ނިންމާފައެވެ. މިގޮތުން ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ 3 ރިސޯޓުގެ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަހައްދާއި، ވޯޓުފޮށި ބަހައްޓާ ތަން މި ދަންނަވަނީއެވެ.
ވޯޓުފޮށި ބަހައްޓާ ރިސޯޓާއި ތަން |
ވޯޓުލާ ސަރަހައްދު |
ވޯޓުފޮށީގެ ނަން |
ވޯޓުފޮށީގެ ނަންބަރު |
# |
ޕާމް ބީޗް އައިލެންޑް ރިސޯޓްގެ ހޮޓުފޫޑުގައި |
މި ފޮށްޓަށް ވޯޓުލާނީ ޕާމް ބީޗް އައިލެންޑް ރިސޯޓްގައި މަސައްކަތްކުރާ މީހުންގެތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ. |
ޕާމް ބީޗް އައިލެންޑް ރިސޯޓް (ޅ. މަދިރިގުރައިދޫ) |
Z58.1.1 |
1 |
ބީޗް ހައުސް އިރުވެލި ރިސޯޓްގެ ސަން ނިޔާމަ އެކެޑަމީގައި |
މި ފޮށްޓަށް ވޯޓުލާނީ ބީޗް ހައުސް އިރުވެލި ރިސޯޓްގައި މަސައްކަތްކުރާ މީހުންގެތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ. |
ބީޗް ހައުސް އިރުވެލި ( ހއ. މަނަފަރު)
|
Z59.1.1 |
2 |
އަނަންތަރަ ދިގު ރިސޯޓް އެންޑް ސްޕާގެ ޕާރކްގައި
|
މި ފޮށްޓަށް ވޯޓުލާނީ އަނަންތަރަ ދިގު ރިސޯޓް އެންޑް ސްޕާގައި މަސައްކަތްކުރާ މީހުންގެތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ. |
އަނަންތަރަ ދިގު ރިސޯޓް އެންޑް ސްޕާ (ކ.ދިގުފިނޮޅު) |
Z60.1.1 |
3 |
ރިޔާސީ އިންތިޙާބުގައި، ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓާނީ އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެ ރިސޯޓެއްގައި ވޯޓުލުމަށް މަދުވެގެން 50 މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ. އެހެންކަމުން މި އިޢުލާންގައިވާ 3 ރިސޯޓުން ކުރެ ރިސޯޓެއްގައި 50 މީހުންނަށްވުރެ މަދު ޢަދަދަކަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާނަމަ، އެރިސޯޓުތަކުގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ ވޯޓުފޮށި ނުބެހެއްޓޭނެ ކަންވެސް އަންގަމެވެ. އަދި އެ ފޮށިތަކަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންގެ ރަޖިސްޓަރީ ބާޠިލުކޮށް އެ މީހުން ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭ ގޮތަށް ރަޖިސްޓަރީ ބަދަލުކުރެވޭނެކަންވެސް އެންގީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢްލާނު ކުރީމެވެ.
06 ޛުލްޤަޢިދާ 1434