މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

ޑިރެކްޓަރ

އޮފީސް:

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ރޭންކް:

EX 1

މުސާރަ:

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:

ޖެންޑަރ އެފެއާޒް ޑިޕާޓްމެންޓް، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ

 

 

ތަޢުލީމާއި ތަޖުރިބާ:

1. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤާއުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، މިއިން  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ޖެންޑަރ އެފެއާޒް ޑިޕާޓްމަންޓުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.

2. ޖެންޑަރ އީކުއަލިޓީ، ރެގިއުލޭޝަން އެންޑް އެންފޯސްމަންޓް ޑިވިޜަނުގެ މަސައްކަތްތަކުގެ ގޮތުގައި ކަނޑައެޅިފައިވާ އެންމެހައި މަސައްކަތްތައް ދުވަހުން ދުވަހަށް ހިނގަމުންދާގޮތް ބަލައި، މަސައްކަތުގައި މުވައްޒަފުންނަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުމާއި، ކަމާބެހޭ ޤާނޫނުތަކާއި، ގަވާއިދުތަކާއި، އުސޫލުތަކާއި، މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްތައް ދާކަން ކަށަވަރުކުރުމާއި، މަސައްކަތް ހަލުވިކޮށް އިޞްލާޙުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. 

3. ޖެންޑަރ މެއިންސްޓްރީމިންގ، އެޑްވޮކަސީ އެންޑް ޕްރޮމޯޝަން ޑިވިޜަނުގެ މަސައްކަތުގެގޮތުގައި ކަނޑައެޅިފައިވާ އެންމެހައި މަސައްކަތްތައް ދުވަހުން ދުވަހަށް ހިނގަމުންދާގޮތް ބަލައި، މަސައްކަތުގައި މުވައްޒަފުންނަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުމާއި، ކަމާބެހޭ ޤާނޫނުތަކާއ،ި ގަވާއިދުތަކާއި، އުސޫލުތަކާއި، މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްތައް ދާކަން ކަށަވަރުކުރުމާއި، މަސައްކަތް ހަލުވިކޮށް އިޞްލާޙުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. 

4. ވިމަން އެމްޕަވަރމަންޓް އެންޑް ޕްރޮގްރާމްސް ޑިވިޜަނުގެ މަސައްކަތުގެގޮތުގައި ކަނޑައެޅިފައިވާ އެންމެހައި މަސައްކަތްތައް ދުވަހުން ދުވަހަށް ހިނގަމުންދާގޮތް ބަލައި، މަސައްކަތުގައި މުވައްޒަފުންނަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުމާއި، ކަމާބެހޭ ޤާނޫނުތަކާއި، ގަވާއިދުތަކާއ،ި އުސޫލުތަކާއި، މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްތައް ދާކަން ކަށަވަރުކުރުމާއި، މަސައްކަތް ހަލުވިކޮށް އިޞްލާޙުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. 

5. ޑިޕާޓްމަންޓުގެ މަސައްކަތްތައް ހަރުދަނާކުރުވިދާނެ ގޮތްތައް ހޯދައި، އެކަންކަން އޮފީހުގެ ޕޮލިސީ އަދި ސީނިއަރ މެނޭޖްމަންޓަށް ހުށަހަޅައި، މަސައްކަތްތައް ހަރުދަނާކުރުން.

6. ޑިޕާޓްމަންޓުގެ މަސައްކަތުގެ ދާއިރާއިން މިނިސްޓްރީން ކުރާ އެންމެހައި މަސައްކަތްތައް ހަރުދަނާކުރުވިދާނެ ގޮތްތައް ހޯދައި، އެކަންކަން އޮފީހުގެ ޕޮލިސީ އަދި ސީނިއަރ މެނޭޖްމަންޓަށް ހުށަހަޅައި، މަސައްކަތްތައް ހަރުދަނާކުރުން.

7. ޑިޕާރޓްމަންޓުގެ މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުރުވުމާއި، މަސައްކަތުގެ ދެމިހުރި މުވައްޒަފުންނަށް ރިފްރެޝަރ އިންތިޒާމްކުރުން.

8. މީޑިއާއަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު މީޑިއާ ސެކްޝަނަށް ގަވާއިދުން ދިނުން.

9. ޑިޕާޓްމަންޓުގެ އަހަރީ ވަރކް ޕްލޭނާއި، ބަޖެޓާއި، އަހަރީ ރިޕޯޓް ތައްޔާރުކުރުމާއި، ދުވަހުގެ ޔައުމިއްޔާތައް ބެލެހެއްޓުން.

10. ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ އެންމެހައި ކަންކަން ސުޕަވައިޒްކޮށް ބެލެހެއްޓުން.

11. މަސައްކަތުގެ ދާއިރާގައި ހިމެނޭގޮތަށް، އޮފީހުން ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުން.

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ http://gender.gov.mv ގެ ވެބްސައިޓުންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ، ރެފްރީންގެ ލިޔުން، ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)

4. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، މަޤާމާއި، ރޭންކާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

8. ވަޒީފާއެއްގައި އުޅޭނަމަ، އެތަނެއްގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން. 

ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކާއި ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޑިސެންބަރު 14 ވާ ބުދަ ދުވަހުގެ 13:30 އެވެ.

 

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: 

- މި މަޤާމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނީ، 2016 ޑިސެންބަރުމަހާއި، 2017 ޖަނަވަރީމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

- ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 7 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި، އެކަންކަމަށް އިސްކަންދޭގޮތަށް އެފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ.

- މި މަޤާމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުން، އިންޓަވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅަން ޖެހޭނެއެވެ. ޕްރެޒެންޓޭޝަނާބެހޭ އިތުރު މަޢުލޫމާތުތައް، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އީމެއިލްގެ ޒަރީޢާއިން ހިއްސާކުރެވޭނެއެވެ.

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި އިސްކަންދެވޭނެ ކަންކަން:

1. ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.

2. ދިވެހިބަހާއި އިނގިރޭސިބަހުން މުޢާމަލާތްކުރުމާއި ލިއުމުގެ ޤާބިލްކަން ލިބިފައިވުން.

3. ސޯޝިއޮލޮޖީ/ޖެންޑަރ ޑިވެލޮޕްމަންޓް ސްޓަޑީޒްގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3027521 ނަންބަރު ފޯނަށް، ނުވަތަ 3027529 ނަންބަރު ފޯނަށެވެ.

 2 ރަބީޢުލްއައްޥަލް 1438

01 ޑިސެންބަރު 2016
ހޯދާ