ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
ޕްރޮކިއުމަންޓް އޮފިސަރ |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ރޭންކް: |
ޖީ. އެސް. 3 |
ސެކްޝަން: |
ޕްރޮކިޔުމަންޓް ސެކްޝަން |
އަސާސީ މުސާރަ: |
މަހަކު -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ) |
ސަރވިސް އެލަވަންސް: |
މަހަކު -/1500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ) |
ލިވިންގ އެލަވަންސް: |
މަހަކު -/3000 ރުފިޔާ (ތިންހާސް ރުފިޔާ) |
ޚާއްޞަ އެލަވަންސް: |
މުސާރައިގެ %45 (މަހަކު) |
އިތުރުގަޑީގެ ފައިސާ: |
ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ |
ވަޒީފާގެ ބާވަތް: |
ދާއިމީ |
މަސައްކަތުގެ ވަގުތު: |
ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރުން. |
ފެންވަރު ނުވަތަ ޝަރުޠު: |
1- ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛ 2- ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. 3- ވަޒީފާއެއްގައި އުޅެ، 1 (އެކެއް) އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. 4- މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން. 5- އުމުރުން 35 އަހަރުން ދަށުގެ މީހެއްކަމުގައިވުން. 6- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން. 7- ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން. |
މަޤާމުގެ މަސްއޫލިއްޔަތު: |
1. ކޮމިޝަނަށް ހޯދަންޖެހޭ ތަކެތި ހޯދުމާއި، ޚިދުމަތްތައް ދިނުން. 2. ޚިދުމަތާއި ތަކެތި ހޯދުމަށް ބޭނުންވާ އެގްރީމަންޓް ތައްޔާރުކުރުން. 3. ކޮމިޝަނަށް ހޯދަންޖެހޭ ޚިދުމަތާއި ތަކެތީގެ އަގުބަލައި، ކޯޓޭޝަން ހޯދުން. 4. ކޮމިޝަނުގެ އިދާރާގެ މަސައްކަތަށް ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތްތަކުގެ ބިޑްތަކުގެ މަސައްކަތް ކުރުން. 5. ސެކްޝަނުގެ އިދާރީ މަސައްކަތްތައް ކުރުން. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ފޯމު، މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލައިން) ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ www.elections.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) 2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ) 4. ދާއިރާގެ މަސައްކަތާ ގުޅޭގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 5. އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ، ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) |
ނޯޓު: |
ޢިއުލާންކޮށްފައިވާ މަޤާމަށް ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލޭނެއެވެ. |
ސުންގަޑި: |
މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޑިސެންބަރު 8 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް، އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ހުށަހަޅަންވާނެއެވެ. |
އިންޓަވިއު: |
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަވިއު ކުރެވޭނެއެވެ. ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަވިޔުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ. |
އިތުރު މަޢުލޫމާތު: |
1. މި މަޤާމުގައި ކުރަންޖެހޭ މަސައްކަތްތަކަކީ، ތަންތަނަށް ގޮސް، ތަންތަނަށް ދުއްވައިގެން މަޢުލޫމާތު އެއްކޮށްގެން ކުރަންޖެހޭ މަސައްކަތްތަކަށްވާތީ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮތް ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. 2. މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކުހުގެ ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ. |
އޮފިސަރ (ޖީއެސް 3) އަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑު
ތަފްޞީލް |
މާކްސް |
ތަޢުލީމް |
40 މާކްސް |
މަސައްކަތުގެ ތަޖުރިބާ |
10 މާކްސް |
އިންޓަވިޔު |
35 މާކްސް |
ޚާއްޞަ ހުނަރު (ޢަމަލީ ޓެސްޓު) |
15 މާކްސް |
މާކްސް |
100 މާކްސް |
ޝޯޓްލިސްޓު ކުރެވޭ ގޮތް:
1. ޝޯޓްލިސްޓު ކުރާނީ، ތަޢުލީމާއި މަސައްކަތު ތަޖުރިބާގެ މާކުހަށް ބެލުމަށްފަހު، ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
2. މަސައްކަތުގެ ތަޖުރިބާ ބެލުމަށް މާކްސް ދެވޭނީ، ކަމާ ގުޅޭ ދާއިރާއިން ސެޓުފިކެޓު ހާސިލުކުރުމަށްފަހު، ހޯދާފައިވާ ތަޖުރިބާއަށެވެ.
3. ތަޢުލީމީ ސެޓުފިކެޓަށް މާކްސް ދޭނީ، މަސައްކަތުގެ ދާއިރާއާ ގުޅޭ ސެޓުފިކެޓުތަކަށެވެ.
4. މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށެއް ނުބެލޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓުފިކެޓުތަކަށް މާކްސް ދެވޭނީ، ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.
29 ޞަފަރު 1438