ށ. ނޫމަރާ ސްކޫލް
ދިވެހިރާއްޖެ
ސްޓޭޖް ކުލާސްރޫމުގައި އެލްމެނިއަމް ދޮރުހަރުކުރުމާއި, މުށިޖަހައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

މި ސްކޫލުގެ ސްޓޭޖް ކްލާސްރޫމުގައި އެލްމެނިއަމް ދޮރު ހަރުކުރުމާއި، މުށި ޖަހައިދޭނެ ފަރާތެއް ހޯދުން

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް (އަމިއްލަ ތަކެތީގައި) މި ސްކޫލުގެ މައިހޯލުގެ ސްޓޭޖް ކްލާސްރޫމުގައި އެލްމިނިއަމް ދޮރު ހަރުކޮށް، ބައްދައި، ކްލާހުގައި މުށިޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ދުރުވެ، މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި ސްކޫލަށް ދުރުވެދެއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އެލްމިނިއަމް ދޮރުލައި ބެއްދުމާއި، މުށިޖެހުމަށް " މިހެން ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

މައުލޫމާތު ދިނުމުގެ ސެޝަން

2016 ޑިސެންބަރު 14 ވަނަ ދުވަހުގެ 13:00

2016 ޑިސެންބަރު 8 ވަނަ ދުވަހުގެ 13:00

މި މަސައްކަތަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރައްވަން ދުރުވާއިރު، އެ ބޭފުޅަކު ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް އަދި ވިޔަފާރިއެއްކަން އެނގޭނެ ފަދަ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް ހާޒިރުވެލައްވާއިރު، އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ އަސްލު ގެންނަވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއް ފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ނުދުރުވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، ރަސްމީގަޑީގައި މި ސްކޫލުގެ ނަންބަރު 6540583 ފޯނަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ނޮވެންބަރު 2016
ހޯދާ