މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

އިޢުލާން

ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލް އިދާރާގެ 2017 ވަނަ އަހަރަށް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންތައް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 ޑިސެންބަރު 14 ވާ ބުދަަދުވަހުގެ 13:00 ގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 19 ވާ ހޯމަދުވަހުގެ 13:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ.

އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ތަކެތި

  1- ހުށަހަޅާ ފަރާތުގެ ޕްރޮފައިލް (ވަނަވަރު)

  2- އަންދާސީހިސާބު (ތަފުސީލާއެކު)

  3- ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ/ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ

ޕޮއިންޓް ދިނުމުގައި ބަލާނެ މިންގަނޑު

  1- ހުށަހަޅާފައިވާ އަގު އެކަށީގެންވޭތޯ

  2- އަންދާސީހިސާބު ފުރިހަމަކޮށްފައިވާގޮތް

  3- މާލީގޮތުން މަސައްކަތް ކުރެވިދާނެ ފެންވަރު

  4- މީގެ ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތް ހިނގާފައިވާ ގޮތާއި މަސައްކަތުގެ ކުޑަބޮޑުމިން

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

29 ޞަފަރު 1438

29 ނޮވެންބަރު 2016
ހޯދާ