ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮފީސް ފަރުނީޗަރު ހޯދައި، ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ހޯދުން:

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އޮފީސް ފަރުނީޗަރު ހޯދައި މި އިދާރާއަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)418-AS/418/2016/56 އިޢުލާން ބާޠިލުކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އޮފީސް ފަރުނީޗަރު ހޯދައި މި އިދާރާއަށް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ލިޔުމަކުން މި އިދާރާއަށް އަންގަވަންވާނެއެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މި އިދާރާގައި އޮންނާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "އޮފީސް ފަރުނީޗަރު ހޯދައި ސަޕްލައިކޮށްދިނުން" މިހެން ލިޔުއްވާފައި އޮންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ގަޑިޔަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

  1. މަޢުލޫމާތު ސާފުކޮށްދިނުން:      2016 ޑިސެންބަރު 6 ވާ އަންގާރަދުވަހުގެ 13:00 ގައި.
  2. އަންދާސީހިސާބު ބަލައިގަތުން:     2016 ޑިސެންބަރު 13 ވާ އަންގާރަދުވަހުގެ 13:00 ގައި.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

2 ރަބީޢުލްއައްވަލް 1438

01 ޑިސެންބަރު 2016
ހޯދާ