ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމު ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު 18/2016/އެމް.އެސް (14 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން އަގު ހުށަހަޅާފައި ވަނީ 2 ފަރާތަކުން ކަމަށްވާތީ އެ އިއުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 6 ވާ އަންގާރަ ދުވަހުގެ 09:30 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 12 ވާ ހޯމަ ދުވަހުގެ 09:30 ގައި މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ދުރުވާ ފަރާތްތަކުން އަމީރު އަޙްމަދު މަގުގައި ހުންނަ މި ސްކޫލްގެ އޮފީހުގެ ގޭޓުން ވެންނެވުން އެދެމެވެ.