ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
ފަރުނީޗަރު ހޯދުމަށް

އިޢުލާން

ފަރުނީޗަރު ހޯދުމަށް ބޭނުންވެއްޖެ

މި ސްކޫލުގައި މިހާރު އަލަށް ޢިމާރާތްކުރަމުންގެންދާ 12 ކްލާސްރޫމުގެ ޢިމާރާތަށް ފަރުނީޗަރު ހޯދުމަށް ކުރެވުނު ނަންބަރު GS-72/IUL/2016/52 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.  

ވީމާ، މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ފަރުނީޗަރު ފޯރުކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭނޭ ލިޔުމަކާއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީހިސާބު ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމާއި ބަލައިގަތުން

2016 ޑިސެންބަރު 5 ވާ ހޯމަދުވަހުގެ 13:00 އަށް

2016 ޑިސެންބަރު 14 ވާ ބުދަދުވަހުގެ 13:00 އަށް

2 ރަބީޢުލްއައްވަލް 1438

01 ޑިސެންބަރު 2016
ހޯދާ