ދިވެހިރާއްޖެ
ޚަޒާނާ މޯލްޑިވްސް ލިމިޓެޑަށް ބޭނުންވާ އެއަރކޮންޑިޝަން 4 ސެޓް ގެނެސް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން
އަންދާސީހިސާބު ބޭނުންވެއްޖެ
ޚަޒާނާ މޯލްޑިވްސް ލިމިޓެޑުގެ އޮފީސް ހިންގުމަށް ހަމަޖެހިފައިވާ، ހ.ފުސްތުޅާމާގޭ ދެވަނަ ފަންގިފިލާގައި އެއަރކޮންޑިޝަން 4 ސެޓް ގެނެސް، އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ޚަޒާނާ މޯލްޑިވްސް ލިމިޓެޑް (މއ. ސެމީ ޑީލް، ދެވަނަ ފަންގިފިލާ، ޗާންދަނީ މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި ކުންފުންޏަށް ވަޑައިގެންނެވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
2016 ޑިސެންބަރު 01 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް |
2016 ޑިސެންބަރު 04 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން |
މަޢުލޫމާތު ސާފުކުރުމަށް ބާއްވާ ސެޝަނަށް ހާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 3:00 އާ ދެމެދު މި ކުންފުނީގެ ޓެލެފޯނު ނަންބަރު 3012000 އަށް ގުޅުއްވުން އެދެމެވެ.