ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
އޭލެވެލް އެޕްލިކޭޝަން ހުށަހެޅުމާ ބެހޭ

އިމްތިޙާނު ބޭއްވުމަށް ރަޖިސްޓަރީ ކޮށްދީފައިވާ ސްކޫލު / ސެންޓަރުތަކުގައި ކިޔަވާ ދަރިވަރުން އެ ސްކޫލް / ސެންޓަރު މެދުވެރިކޮށް އިމްތިޙާނުގައި ބައިވެރިވުމުގެ ބަދަލުގައި މި ޑިޕާޓްމަންޓަށް އެޕްލިކޭޝަން ހުށަހަޅަމުން ގެންދާތީ އެކަމާ ގުޅޭގޮތުން ދަންނަވަމެވެ.

އިމްތިޙާނު ބޭއްވުމަށް ރަޖިސްޓަރީ ކޮށްދީފައިވާ ސްކޫލު / ސެންޓަރުތަކުގައި ކިޔަވާ ދަރިވަރުން މި ޑިޕާޓްމަންޓަށް އެޕްލިކޭޝަން ހުށަހަޅައިގެން އިމްތިޙާނު ހެދުމަކީ އިދާރީގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން ވެސް ވަރަށްގިނަ މައްސަލަތައް ދަރިވަރުންނަށާއި މި ޑިޕާޓްމަންޓަށް ކުރިމަތިވަމުންދާ ކަމެކެވެ. މިފަދަ ބައެއް މައްސަލަތަކުގެ ތެރޭގައި ދަރިވަރުންނަށް ސެޓްފިކެޓް ލިބުމުގައިވެސް ހުރަސްތައް ކުރިމަތިވުން ހިމެނެއެވެ.

އެހެންކަމާއެކު، އިމްތިޙާނު ބޭއްވުމަށް ރަޖިސްޓަރީ ކޮށްދީފައިވާ ސްކޫލު / ސެންޓަރުތަކުން ކިޔަވައިދީ އިމްތިޙާނުތަކަށް ތައްޔާރުކޮށްދޭ ދަރިވަރުންގެ އެޕްލިކޭޝަން މީގެފަހުން ހުށަހަޅާނީ އެ ސްކޫލު ނުވަތަ އެ ސެންޓަރަކަށް ކަމުގައި ދަންނަވަމެވެ. އަދި މި ފަދަ ސެންޓަރެއްގައި ރަޖިސްޓަރީ ނުވެ ކިޔަވަމުންދާ ދަރިވަރުންނާއި އެފަދަ މީހުންގެ އެޕްލިކޭޝަން ފޯމުތައް ކުރިޔެކޭ ވެސް އެއްގޮތަށް މި ޑިޕާޓުމަންޓުން ބަލައިގަތުމާއެކު އިމްތިޙާނު ބޭއްވުމުގެ އިންތިޒާމު ހަމަޖައްސައި ދޭނެކަންވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

5 ޛުލްޤަޢިދާ 1434

11 ސެޕްޓެންބަރު 2013
ހޯދާ