ދިވެހިރާއްޖެ
އިޢުލާން
މި އިދާރާގެ ބެލުމުގެ ދަށުގައި ހުރި ތިރީގައި މި ދަންނަވާ ރުއްގަނޑުތައް މަހުކުލީގެ ގޮތުގައި އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް 3 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
- ހުޅަނގު ބަނދަރުކޮޅުން ފެށިގެން މުދާބާލާ ޖެޓީގެ އިރުމަތީކޮޅާ ދެމެދުގައިވާ ނަންބަރު 4 ޖަހާފައިވާ ރުއްތައް (މީގެ ތެރޭގައި މިހާރު ރާވެރިކަމުގެ މަސައްކަތަށް ދޫކޮށްފައިވާ 8 ރުއް ނުހިމެނޭނެއެވެ.)
- ޕޮލިސްސްޓޭޝަނަށް ދޫކޮށްފައިވާ ގޯތީގެ އުތުރުކޮޅުން ފެށިގެން އަންހެނުންގެ ޕާކާއި ބުޅާމިސްކިތްމަގާ ދެމެދުގައި ނަންބަރު 1 ޖަހާފައިވާ ރުއްތައް
ވީމާ، މިކަމަށް އެދޭ ފަރާތްތަކުން، ކަނޑައަޅާފައިވާ ތާރީޚަށް މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ކަނޑައަޅާފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
4 ޑިސެންބަރު 2016 |
10:30 ގައި |
އަންދާސީހިސާބު ހުށަހެޅުން |
6 ޑިސެންބަރު 2016 |
11:00 ގައި |
މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބުތައް ބަލައިގަތުން |
ފ. ނިލަންދޫ ކައުންސިލް އިދާރާގައި |
މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބުގައި ބައިވެރިއެއް ނުވެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި " ރައްޔިތުންގެ ރުއްގަނޑުތައް ކުއްޔަށް ހިފުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތައް ބައިވެރިއެއް ނުކުރެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރި ފަރާތް ނޫން އެހެން ފަރާތެއްގެ ހަވާލުގައި އަންދާސީހިސާބު ހުށަހަޅާނަމަ، އެފަރާތެއްގެ ރަސްމީ ލިޔުމެއް އަންދާސީހިސާބު ހުށަހަޅަންޖެހޭ ގަޑީގެ 1 ގަޑިއިރު ކުރިން މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
24 ޞަފަރު 1438