ބ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސްޓޭޝަނަރީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

2017ވަނަ ދިރާސީ އަހަރަށް މި ސްކޫލަށް ބޭނުންވާ ސްޓޭޝަނަރީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މި ސްކޫލުން ކުރި ނަންބަރު GS01/2016/72 އިޢުލާނަށް އެކަށީގެންވާ އަދަދަކަށް ޞައްޙަ އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. ވީމާ، މި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި މިވާ ތާރީޚުގައި މި ސްކޫލަށް ހާޒިރުވެ، މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ގަޑިއަށް މި ސްކޫލަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މައުލޫމާތު ދިނުން

އަންދާސީހިސާބު ހުށަހެޅުން

7 ޑިސެންބަރު 2016 ވާ ބުދަދުވަހުގެ 11:00 ގައި

14 ޑިސެންބަރު 2016 ވާ ބުދަދުވަހުގެ 11:00 ގައި

މަޢުލޫމާތު ސާފަކުރުމަށް ހާޒިރުވާއިރު އެމީހަކާބެހޭ ފުރިހަމަ މަޢުލޫމާތު އެނގޭފަދަ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. އަދި ކުންފުނި ފަދަ ވިޔަފާރި ރަޖިސްޓަރީއަކުން މީހަކު ފޮނުވާނަމަ އެމީހަކީ އެފަރާތުން ފޮނުވި މީހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޛަރީޢާއިން ފޮނުވާ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެއެވެ.

މަސައްކަތު އަގު %90

މުއްދަތު    % 10

28 ނޮވެންބަރު 2016
ހޯދާ