ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
މި މަދަރުސާގެ އާ ކެމްޕަހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މި މަދަރުސާގެ އާ ކެމްޕަހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މި މަދަރުސާގެ ނަންބަރު: (O)/GS-30/AD/2016/2 (21 ނޮވެންބަރު 2016) ގެ އިޢުލާނުން މި މަދަރުސާގެ ސެކިއުރިޓީ ބެލެހެއްޓުމަށް އިޢުލާން ކުރެވިފައި ވަނީ އޮޅުމަކުންނެވެ. އެހެންކަމުން އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. ވިޔަފާރީގެ އުސޫލުން މި މަދަރުސާގެ އާ ކެމްޕަހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މި މަދަރުސާއިން ކުރި ނަންބަރު GS-30/IUL/2016/19 (25-10-2016) ގެ އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވީ އެންމެ ފަރާތަކުންނެވެ. މިހެންވެ މަތީގައި ޙަވާލާދެވުނު އިޢުލާން ބާޠިލުކޮށް އަންދާސީހިސާބު ހުށަހެޅުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

ވުމާއެކު، މި މަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި މި ދަންނަވާ ދުވަސްތަކުގައި މި މަދަރުސާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތުތައް ފުރިހަމަނުވާ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ފޮނުވަން ވާނެއެވެ.

އައިޓަމް/ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރެއްވުން

08-12-2016

ބުރާސްފަތި

10:00

ގދ.އަތޮޅު މަދަރުސާގެ އޮފީސް

އަންދާސީހިސާބު ހުށަހެޅުއްވުން

15-12-2016

ބުރާސްފަތި

10:00

ގދ.އަތޮޅު މަދަރުސާގެ އޮފީސް

27 ނޮވެންބަރު 2016
ހޯދާ