މޯލްޑިވްސް ސެންޓަރ ފޮރ އިސްލަމިކް ފައިނޭންސް ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސް ލިމިޓެޑަށް ލޯ ފާމެއް ހޯދުމާބެހޭ

އިޢުލާން

މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސް ލިމިޓެޑަށް ޤާނޫނީ މަސައްކަތް ކޮށްދޭނެ ލޯ ފާމެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތާ ބެހޭ ޓާމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި ކުންފުނީގެ ވެބްސައިޓުގެ އެނައުންސްމެންޓްސް ޕޭޖްގައި (http://mcif.mv/category/notices/) ޝާއިޢުކުރެވިފައިވާނެއެވެ.

މަސައްކަތުގެ އަގެއްގެ ގޮތުގައި ހުށަހަޅާނީ މަސައްކަތް ކުރުމަށް ހުށަހަޅާ މަހު ފީ އެކެވެ. ބިޑު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބިޑު ކާމިޔާބުކުރާ ފަރާތާއެކު 1 (އެކެއް) އަހަރުދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރެވޭނެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސް ލިމިޓަޑަށް (މ.ސަކައިމޫ، ތިންވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު މި ކުންފުންޏަށް ވަޑައިގެން ހުށަހެޅުމަށް އެދެމެވެ.

މަޢުލޫމާތު ސާފުކުރުން    : 2016 ޑިސެންބަރު 04 ވާ އާދިއްތަ ދުވަހުގެ 15:00 ގައި

އަންދާސީހިސާބު ހުށަހެޅުން : 2016 ޑިސެންބަރު 06 ވާ އަންގާރަ ދުވަހުގެ 15:00 ގައި

އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ 3008300 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ކުންފުނީގެ އެޑްރެސް:

މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް

މ. ސަކައިމޫ (މޫކާއި ސުއިޓްސް)، ތިންވަނަ ފަންގިފިލާ، ހަވީރީ ހިނގުން

މާލެ، ދިވެހިރާއްޖެ

27 ޞަފަރު 1438

27 ނޮވެންބަރު 2016
ހޯދާ