ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު (ކޮންޓްރެކްޓް):
ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.
މަޤާމް: |
ބަލިމީހުން ބަލަހައްޓާ (2 ފިރިހެން/ 4 އަންހެން) |
||
ސެކްޝަން: |
އެޑްމިނިސްޓްރޭޝަން |
||
ބޭނުންވާ އަދަދު: |
6 (ހައެއް) |
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސަރވިސް ގްރޭޑް 2 |
މަޤާމުގެ ރޭންކް: SS2 |
ކޮންޓްރެކްޓުގެ މުއްދަތު: |
1 (އެކެއް) އަހަރުދުވަސް |
||
މުސާރަ: |
މަހަކު -/3470 ރުފިޔާ |
||
ސަރވިސް އެލަވަންސް: |
މަހަކު -/1000 ރުފިޔާ |
||
ރިސްކް އެލަވަންސް: |
ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް ލިބޭނެއެވެ. |
||
މަސައްކަތް ކުރަންޖެހޭ ތަން: |
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ. ގުރައިދޫ |
||
ތަޢުލީމާއި ތަޖުރިބާ: |
1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން. ނުވަތަ، 2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 3. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން. |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
1. މަރުކަޒުން ބަލަހައްޓަމުންދާ މީހުންނާ އޯގާތެރިކަމާއި މަޑުމައިތިރިކަމާއެކު މުޚާޠަބުކުރުމާއި، ފަރުވާތެރިކަމާއެކު އެމީހުން ފެންވަރުވައި ބެލެހެއްޓުން. 2. މަރުކަޒުން ބަލަހައްޓަމުންދާ މީހުން ނިދާ އެނދުތައް ތަންމަތި އަޅައި ސާފުތާހިރުކޮށް ބެލެހެއްޓުން. 3. މަރުކަޒުން ބަލަހައްޓަމުންދާ މީހުން ތިބޭ ގޭގޭގެ ފަންކާތަކާއި ފަރުނީޗަރާއި ކެއުމަށް ބޭނުންކުރާ ތަށިފަދަ ތަކެތި ސާފުތާހިރުކޮށް ބެލެހެއްޓުން. 4. ހަވާލުކުރެވޭ ޑިޔުޓީތައް ފަރުވާތެރިކަމާއެކު އަދާކުރުން. 5. މަރުކަޒުން ބަލަހައްޓަމުންދާ މީހުންނަށް ބޭނުންވާ އަންނައުނާއި، ދަތްއުނގުޅާބޭހާއި، ރީތިވާސާމާނު ފަދަ ތަކެތި، މަރުކަޒުގައި އެކަމާ ހަވާލުވެ ހުންނަވާ ބޭފުޅަކަށް ދަންނަވައިގެން ހޯދައިދިނުމާއި، އަމާނާތްތެރިކަމާއެކު އެ ތަކެތި ބެލެހެއްޓުން. 6. މަރުކަޒުން ބަލަހައްޓާ މީހުންނާ ގުޅޭ އެންމެހައި ކަންތައްތައް، އެކަމާ ހަވާލުވެހުންނަވާ ބޭފުޅެއް އަންގަވާ ގޮތެއްގެ މަތިން ކުރަމުން ދިޔުން. 7. އެއްވެސް ހާލެއްގައި އެއްވެސް ބާވަތެއްގެ އަނިޔާއެއް މަރުކަޒުން ބަލަހައްޓާ މީހުންނަށް ނުކުރުމާއި، އެމީހުން އެކަކު އަނެކަކަށްދޭ ނަފްސާނީ ގެއްލުމާއި، ޖިސްމާނީ ގެއްލުމާއި، އެމީހުން އަމިއްލައަށް ލިބޭ ގެއްލުންތައް ލިބުނަނުދީ އެފަދަ ޢަމަލުތައް ހުއްޓުވުން. 8. މަރުކަޒުން ބަލަހައްޓާ މީހުންގެ ތެރެއިން ބަންދުކުރެވިފައިވާ މީހުންނާއި ވާރޑްތަކުގައި ތިބޭ މީހުންގެ ހާލު މަދުވެގެން ކޮންމެ 15 މިނެޓަކުން ބަލައި ޗެކްކުރުން. 9. މަރުކަޒުން ބަލަހައްޓާ މީހުންގެ ތެރެއިން މަސައްކަތްކޮށް އުޅެވޭ މީހުން ލައްވައި މަސައްކަތް ކުރުވުމާއި، ތަފާތު ކުޅިވަރުތައް ކުޅުވުމުގައި އެހީތެރިވުން. 10. މަރުކަޒުގެ ޚިދުމަތްތަކާ ގުޅުންހުރި މަރުކަޒުން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން. |
||
މަޤާމް: |
ސައިކޮލޮޖިސްޓް |
||
ސެކްޝަން: |
އެޑްމިނިސްޓްރޭޝަން |
||
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: - |
މަޤާމުގެ ރޭންކް: CS 1-12 |
ކޮންޓްރެކްޓުގެ މުއްދަތު: |
1 (އެކެއް) އަހަރުދުވަސް |
||
މުސާރަ: |
މަހަކު -/15090 ރުފިޔާ |
||
ސަރވިސް އެލަވަންސް: |
ދުވާލަކު -/275 ރުފިޔާ |
||
ރިސްކް އެލަވަންސް: |
ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް ލިބޭނެއެވެ. |
||
މަސައްކަތް ކުރަންޖެހޭ ތަން: |
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ. ގުރައިދޫ |
||
ނޯޓް: މި މަޤާމަށް ހޮވާ މުވައްޒަފުންނަކީ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. |
|||
މަޤާމް: |
ސައިކޭޓްރިކް ނާރސް |
||
ސެކްޝަން: |
އެޑްމިނިސްޓްރޭޝަން |
||
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ރޭންކް: MS1 |
ކޮންޓްރެކްޓުގެ މުއްދަތު: |
1 (އެކެއް) އަހަރުދުވަސް |
||
މުސާރަ: |
މަހަކު -/5610 ރުފިޔާ |
||
ސަރވިސް އެލަވަންސް: |
މަހަކު -/2500 ރުފިޔާ |
||
ރިސްކް އެލަވަންސް: |
ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް ލިބޭނެއެވެ. |
||
މަސައްކަތް ކުރަންޖެހޭ ތަން: |
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ. ގުރައިދޫ |
||
ނޯޓް: މި މަޤާމަށް ހޮވާ މުވައްޒަފުންނަކީ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. |
|||
މަޤާމް: |
އޮކިއުޕޭޝަނަލް ތެރަޕިސްޓް |
||
ސެކްޝަން: |
އެޑްމިނިސްޓްރޭޝަން |
||
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
މަޤާމުގެ ރޭންކް: MS2 |
ކޮންޓްރެކްޓުގެ މުއްދަތު: |
1 (އެކެއް) އަހަރު |
||
މުސާރަ |
މަހަކު -/6295 ރުފިޔާ |
||
ސަރވިސް އެލަވަންސް: |
މަހަކު -/2500 ރުފިޔާ |
||
ރިސްކް އެލަވަންސް: |
ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް ލިބޭނެއެވެ. |
||
މަސައްކަތް ކުރަންޖެހޭ ތަން: |
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ. ގުރައިދޫ |
||
ނޯޓް: މި މަޤާމަށް ހޮވާ މުވައްޒަފުންނަކީ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. |
|||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: |
1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން. |
||
ޢިނާޔަތްތައް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ. |
||
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.) 2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރޭންސްކްރިޕްޓުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ މަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (ޝޯޓް ޓާރމް ޓްރޭނިންގ) 5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. |
||
ސުންގަޑި: |
2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް، ފޯމު ހުށަހަޅަންވާނެއެވެ. |
||
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: |
- އިންޓަވިއު އޮންނާނީ، 2016 ވަނަ އަހަރުގެ ޑިސެންބަރުމަހު، ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައެވެ. - މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6644232 ނަންބަރު ފޯނަށެވެ. |
27 ޞަފަރު 1438