ދ. އަތޮޅު މަދަރުސާ، ދ. މީދޫ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަދަރުސާއިން ހުސްވެފައިވާ ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.

މަޤާމް: މަސައްކަތު

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ރޭންކު: އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓްސްޓާފް ގްރޭޑް 1

މަޤާމުގެ ނަންބަރު: 188OD/22/2016/9

މުސާރަ: މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ

އިތުރުގަޑި

އިތުރުގަޑީގެ މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އަސާސީ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

މައިގަނޑު މަސައްކަތްތައް:

1- ކުނިކަހަންޖެހޭ ހުރިހާ ސަރަހައްދެއް ކުނިކެހުމާއި، ސާފުކުރަންޖެހޭ ހުރިހާ ތަނެއްް (ކުލާސްރޫމް، ފާޚާނަ، އޮފީސް، ސްޓާފްރޫމް ފަދަ ތަންތަން) ސާފުކުރުން.

2- ބާއްވާ އެކިއެކި ބަންދަލުވުންތަކަށާއި، ޙަފްލާތަކަށާއި، ޖަލްސާތަކަށް ކިޔަންޖެހޭ ފަރާތްތަކަށް ކިޔުމާއި، ކުލާސްރޫމް ނުވަތަ ހޯލު ތައްޔާރުކުރުން.

3- ގެންނަންޖެހޭ ތަކެތި ގެނެސްދިނުމާއި، ގެންދަންޖެހޭ ތަކެތި ގެންގޮސްދިނުމާއި، ރަށުގެ ފިހާރަތަކުން ގަންނަންޖެހޭ ތަކެތި ގަނެގެން ގެނެސްދިނުން.

4- އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ތަކެތި ގެންގޮސް ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.

5- ބޯފެންލުމަށް ހަމަޖެހިފައިވާ ހުރިހާ ރޫމަކަށް ބޯފެންލުން.

6- ފެންތާންގީތަކާއި ދިޔަދޮވިތައް ސާފުކުރުމާއި، ފުރާޅުތައް ސާފުކޮށް، ވާރޭވެހޭ ދުވަސްވަރު ފެންތާނގީއަށް ފެންއަޅައި ރައްކާކުރުން.

7- ގަސްތައް ކޮށައި ކުނިއުކައިލުމާއި، ބަގީޗާގަސްތަކަށް ފެންދިނުން.

8- އަދާކުރާ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރަށް ހަވާލުކޮށްފިނަމަ، ނުވަތަ ވަގުތީގޮތުން ކަމެއްް ހަވާލުކޮށްފިނަމަ، އެކަމެއް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

އިންޓަވިއުއާއި، ޕްރެކްޓިކަލް އޮންނާނެ ތަނާއި ތާރީޚާއި ގަޑި:

ސުންގަޑި ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 10 ދުވަހުގެ ތެރޭގައި އިންޓަވިއު އޮންނާނެ ތަނާއި ތާރީޚު އެންގޭނެއެވެ.

ސުންގަޑި:

2016 ޑިސެންބަރު 7 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން، ދ. އަތޮޅު މަދަރުސާއަށް ނުވަތަ [email protected] އީމެއިލްއަށް މެއިލްކޮށްދިނުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 13:00 އަށް، މި މަދަރުސާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސްް ހުންނާނެއެވެ.)

2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ހިމެނޭ މަޢުލޫމާތުތައް ފެންނާނެހެން އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭނޭހެން ނަގާފައިވާ ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރައަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖައްސަވާފައިވާ ކޮޕީގެ އަސްލު)

4. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީ.ވީ)

5. ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެފަރާތުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަަޢުލޫމާތު ސާފުކުރުމަށް، 7952915 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

24 ޞަފަރު 1438

24 ނޮވެންބަރު 2016
ހޯދާ