ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
މި ސްކޫލުގެ ތިރީގައި މިދަންނަވާ މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: GS-26/IUL/2016/33 (2 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، ދެވަނަފަހަރަށް އިޢުލާންކުރަމެވެ.
- ދަރިވަރުންގެ ފާޚާނާ މަރާމާތުކުރުން.
- ކްލާސްރޫމުގެ ދޮރުފަތްތަކުގެ ތަންޑު ބަދަލުކުރުމާއި ކުޑަ ދޮރުފަތް މަރާމާތުކުރުން.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 4 ވާ އާދީއްތަދުވަހުގެ 11:00 އަށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 7 ވާ ބުދަދުވަހުގެ 11:00 އަށް އަންދާސީހިސާބު މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.
24 ޞަފަރު 1438
24 ނޮވެންބަރު 2016
ހޯދާ