މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް ބޯޑް އޮފް ކޮމްޕްލިމެޓްރީ މެޑިސިންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

އިޢުލާން

ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު (ޤާނޫނު ނަންބަރު 2015/13) ގެ 48 ވަނަ މާއްދާގެ (ށ) ގެ ދަށުން އެކުލަވައިލާ "މޯލްޑިވްސް ބޯޑް އޮފް ކޮމްޕިލިމެންޓްރީ މެޑިސިން" ގެ މެމްބަރުންނަށް ވުމަށް ފުރުޞަތު ހުޅުވާލުމަށް ކުރެވުނު މި މިނިސްޓްރީގެ ނަންބަރު: (IUL)23-MAHC/23/2016/104 (30 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ހުށަހަޅާފައިނުވާތީ މި ފުރުޞަތު އަލުން ހުޅުވާލަމެވެ.

ބޭނުންވާ ދާއިރާ

ދިވެހިބޭސްވެރިކަމުގެ ދާއިރާ

ޝަރުޠު

- ދިވެހި ބޭސްވެރިކަމުގެ މަސައްކަތްކުރާ މީހެއް ކަމުގައި ވުން

- މިނިސްޓްރީ އޮފް ހެލްތު ނުވަތަ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ދިވެހިބޭސްކުރުމަށް ރަޖިސްޓްރީވެފައިވުން

ބޭނުންވާ އަދަދު

3

ތަޢުލީމާއި ތަޖުރިބާ އަށް މާރކްސް ދެވޭނެގޮތް

ދިވެހި ބޭސް ވެރިކަމުގެ ދާއިރާއިން ހޯއްދަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކަށް 50 މާރކްސް

އެހެނިހެން ތަޢުލީމީ ސެޓުފިކެޓުތަކަށް 10 މާރކްސް

ދިވެހިބޭސްވެރިކަމުގެ ތަޖުރިބާ އަށް 20 މާރކްސް

އިންޓަރވިއު: 20 މާރކްސް

ބޭނުންވާ ދާއިރާ

ކޮންޕްލިމެންޓްރީ މެޑިސިންގެ ދާއިރާ

ޝަރުޠު

- ކޮންޕްލިމެންޓްރީ މެޑިސިންގެ ދާއިރާގައި މަސައްކަތްކުރާ މީހެއް ކަމުގައި ވުން

- މިނިސްޓްރީ އޮފް ހެލްތު ނުވަތަ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ކޮންޕްލިމެންޓްރީ މެޑިސިން ޕްރޮފެޝަނަލެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވުން

ބޭނުންވާ އަދަދު

2

ތަޢުލީމާއި ތަޖުރިބާއަށް މާރކްސް ދެވޭނެ ގޮތް

ކޮމްޕްލިމެންޓްރީ މެޑިސިންގެ ދާއިރާއިން ހޯއްދަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކަށް 50 މާރކްސް

އެހެނިހެން ތަޢުލީމީ ސެޓުފިކެޓުތަކަށް 10 މާރކްސް

ކޮމްޕްލިމެންޓްރީ މެޑިސިން ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް 20 މާރކްސް

އިންޓަރވިއު: 20 މާރކްސް

ބޯޑު މެމްބަރުންގެ މައިގަނޑު މައްސޫލިއްޔަތުތައް

(1) ކަނޑައެޅިގެން އެނގެން އޮތް އުޒުރެއް މެދުވެރިވެގެން މެނުވީ ބޯޑުގެ ބައްދަލުވުންތަކަށް ހާޒިރުވުން.

(2) ބޯޑުގެ ރައީސް ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.

(3) ބޯޑުން ބަލާ ޝަކުވާތަކާ ގުޅިގެން ޒިޔާރަތްކުރަންޖެހޭ ތަންތަނަށް ޒިޔާރަތްކުރުމާއި ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކުރުމާއި، ދިރާސާކުރަންޖެހޭ ލިޔުންތައް ދިރާސާކުރުމާއި ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން.

(4) މުޖުތަމަޢުގެ ތެރޭގައި އުޅުމުގައި ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަޚުލާޤީ އަދި ސުލޫކީ މިންގަނޑުތަކާއި އަބުރުވެރިކަން ހިފެހެއްޓުން.

މަޤާމައް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް

  • ދިވެހި ރައްޔިތެއްކަމުގައި ވުން.
  • ބޯޑުގެ މެންބަރު ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭ ފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތާއި މަސައްކަތުގެ އަޚުލާޤު ހުރި މީހަކު ކަމުގައިވުން.
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުނެ.
  • ޖިނާއި ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑެއް ކަނޑައެޅިފައިވާނަމަ އެ މިންގަނޑަކާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެ މީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދެވޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެމްބަރެއް ކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ހިއްސާ އެ މީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައިއޮތް މީހަކު ކަމުގައި ނުވުން.
  • ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޚާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން.
  • ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީ
  2. ތަޢުލީމީ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތައް)
  3. މެމްބަރުކަމަށް އެދޭ ފަރާތައް ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ލިއުންތައް
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް 
  5. ވަނަވަރު

ސުންގަޑި

2016 ޑިސެންބަރު 04 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ކައުންޓަރަށް)

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014468 އަދި 3014480 އެވެ.

23 ނޮވެންބަރު 2016
ހޯދާ