ދިވެހިރާއްޖެ
އިޢުލާން
ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް:
މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު GS68/2016/36 (15 ނޮވެންބަރު 2016) އިޢުލާނަށް ތިން ފަރާތުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 10:45 އަށް މި ސްކޫލުގެ ކޮންޕިއުޓަރލެބަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޑިސެންބަރު 5 ވާ ހޯމަދުވަހުގެ 10:45 އަށް މި ސްކޫލުގެ ކޮންޕިއުޓަރލެބަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.
އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ބަދަލުގައި، އެހެން ފަރާތަކުން އަންދާސީހިސާބު ހުށަހަޅާނަމަ، އަންދާސީހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއެކު، ހުށަހަޅާ ފަރާތް ހާޒިރުވުން އެދެމެވެ.
މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.
24 ޞަފަރު 1438