ކެންދޫ ސްކޫލް
ދިވެހިރާއްޖެ
ގޭޓު ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ގޭޓު ހަދައިދޭނެ ފަރާތެއް ހޯދުމާބެހޭ

މި ސްކޫލަށް ވަދެނުކުތުމަށް ބޭނުންކުރާ ގޭޓުތައް ހެދުމަށްޓަކައި ނަންބަރު: GS132/2016/46 (30 އޮކްޓޫބަރު 2016) ގައި ކުރެވުނު އިޢުލާނުން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާތީއާއި، ނަންބަރު: GS132/2016/49 (16 ނޮވެންބަރު 2016) ގައި ކުރެވުނު އިޢުލާނުން އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ, އެ އިޢުލާނުތައް ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ބ. ކެންދޫ ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް ބ. ކެންދޫ ސްކޫލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 ޑިސެންބަރު 5 ވާ ހޯމަދުވަހުގެ 11:00 އަށް

2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް

އަދި ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ނަންބަރު 6600315 ފޯނާ ގުޅުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

24 ޞަފަރު 1438

24 ނޮވެންބަރު 2016
ހޯދާ