ހުޅުދެލީ ސްކޫލް/ ދ.ހުޅުދެލި
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

އިޢުލާން

ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

2017 ވަނަ އަހަރު މި ސްކޫލުގެ ޕްރިންސިޕަލް ހުންނަވާނޭ ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.

ވީމާ، ޕްރިންސިޕަލް ހުންނަވާނޭ ގެއެއް ކުއްޔަށް ދިނުމަށް އެދޭ ފަރާތްތަކުން 2016 ޑިސެންބަރު 4 ވާ އާދީއްތަދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން ފޯމު ހުށަހެޅުއްވުން އެދެމެވެ.

ކުއްޔަށް ދޫކުރާ ގެއަކީ މިދަންނަވާ ޝަރުޠުތައް ފުރިހަމަވެފައިވާ ގެއަކަށް ވާންވާނެއެވެ.

  1. ވަކިން ދިރިއުޅެވޭނެ ފަދަ ގެއަކަށް ވުން.
  2. ސިޓިންގރޫމާއި ކޮޓަރިތަކުގެ ހުރިހާ ފަރުނީޗަރު ހަމައަށް ހުރުން.
  3. ފާޚާނާކުރުމުގެ އިންތިޒާމު ގޭތެރެއިން ހަމަޖެހިފައިވުން.
  4. ކައްކައިގެން ކެއުމަށް ބޭނުންވާ ތަންތަނާއި ވަސީލަތްތަކާއި ހިފައި ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރު ހަމައަށް ހުރުން.
  5. ޓީވީގެ ޚިދުމަތް ލިބުން.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ. އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 7952918 މި ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

28 ޞަފަރު 1438

28 ނޮވެންބަރު 2016
ހޯދާ