ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓާފް ދަނޑާއި، 2 ވޮލީކޯޓު އެޅުމުގެ މަޝްރޫޢާ ގުޅޭ

އިޢުލާން

ޓާފް ދަނޑާއި، 2 ވޮލީކޯޓު އެޅުމުގެ މަޝްރޫޢާ ގުޅޭ

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯ ތަންފީޒު ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ހިންގާ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ވޮލީކޯޓު ތަރައްޤީ ކުރުމާއި، ފުޓްސެލްދަނޑުގެ މަސައްކަތް ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ވަނީ ކަނޑައަޅާފައެވެ. މިގޮތުން ވޮލީކޯޓު ތަރައްޤީކުރުމާއި، ފުޓްސެލްދަނޑުގެ ވަށާފާރު ރޭނުމާއި، ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު:(IUL)258/2016/103 (23 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތަކުގެ އަގު އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ކަނޑައެޅުމާ ގުޅިގެން އެ އިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 1 ވާ އަންގާރަދުވަހުގެ ހެނދުނު 11:30 އަށް މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ޑިސެންބަރު 13 ވާ އަންގާރަދުވަހުގެ ހެނދުނު 11:30 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މިމަސައްކަތް ކުރުމަށް ކުރިމަތި ލެވޭނީ ވިޔަފާރި ޤާނޫނު ނަންބަރ:18/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ނަންބަރ:19/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތް ތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެކަން މިފުރުޞަތުގައި އަންގައި އިޢުލާން ކުރީމެވެ.

22 ޞަފަރު 1438

22 ނޮވެންބަރު 2016
ހޯދާ