ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
ތިރީގައި މި ދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- 2 (ދޭއް) ކްލާސްރޫމުގައި ތަށިމުށި ޖެހުން.
މި މަސައްކަތްކުރުމަށް ބީލަން ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރި ފަރާތެއްގެ ބަދަލުގައި އެހެން ފަރާތެއް އަންދާސިހިސާބު ހުށަހަޅަން ހާޒިރުވާނަމަ، އެފަރާތެއްގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، ފޯނު ނަންބަރު ބަޔާންކޮށް އަންދާސިހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ 13:00 ގެ ކުރިން އެކަން މި ސްކޫލަށް ސިޓީއަކުން އެންގެވުން އެދެމެވެ. އަންދާސިހިސާބު ހުށަހެޅުމަށް ބަދަލުގައި އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރެވޭނީ ކޮންމެވެސް އެއް ފަރާތެއްގެ ނަމުގައެވެ.
| މަޢުލޫމާތު ދިނުން | އަންދާސީހިސާބު ބަލައިގަތުން | 
| ތާރީޚު: 6 ޑިސެންބަރު 2016 | ތާރީޚު: 11 ޑިސެންބަރު 2016 | 
| ގަޑި: 10:30 | ގަޑި 10:30 | 
| ތަން: ނަޑެއްލާ ސްކޫލް | ތަން: ނަޑެއްލާ ސްކޫލް | 
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
 
                    