ދިވެހިރާއްޖެ
އިޢުލާން
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ:
ވިޔަފާރި އުސޫލުން 1 ޖަނަވަރީ 2017 އިން 31 ޑިސެންބަރު 2017 އަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތްކުރުމަށް ބީލަން ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ފޮނުވަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6840064 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
| މަޢުލޫމާތުދިނުން | އަންދާސީހިސާބު ބަލައިގަތުން | 
| ތާރީޚު: 7 ޑިސެންބަރު 2016 | ތާރީޚު: 12 ޑިސެންބަރު 2016 | 
| ގަޑި: 13:30 | ގަޑި 13:30 | 
| ތަން: ނަޑެއްލާ ސްކޫލް | ތަން: ނަޑެއްލާ ސްކޫލް | 
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
 
                    