ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް ކަމް ކޭޝިއަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ރިސެޕްޝަނިސްޓް ކަމް ކޭޝިއަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/8،000 ރުފިޔާ

ފުޑް އެލަވަންސް:

މަހަކު -/1،050 ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު -/1،000 ރުފިޔާ

އެޓެންޑެންސް އެލަވަންސް:

ދުވާލަކަށް -/20 ރުފިޔާ

ސެޓުފިކެޓު އެލަވަންސް:

މަހަކު -/1،600 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:

ގުޅީފަޅު އިންވެސްޓްމެންޓް ލިމިޓެޑުގެ މާލޭ އޮފީސް

މަޤާމުގެ ޝަރުޠު: 

1. ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރައްވާ ފެންވަރުގެ ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއަކުން އެކައުންޓިންގ ނުވަތަ ފައިނޭންސާ ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.

2. މީހުންނާ މުޙާޠަބުކުރުމާއި މުޢާމަލާތުކުރުމުގެ ރިވެތި ގޮތްތައް ބޭނުންކުރުމާއި، އެކަމުގެ ހުނަރު ލިބިފައިވާ ފަރާތަކަށްވުން (ކޮމިއުނިކޭޝަން ސްކިލްސް)

3. ފައިސާ ގެންގުޅުމާއި ފައިސާ ބަލައިގަތުމުގެ މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

1. އޮފީހަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބުދިނުމާއި، އަންނަ މެހެމާނުންނަށް ޖަވާބުދާރީވުން.

2. ގުޅީފަޅުގެ އެކިއެކި ޚިދުމަތްތަކާ ގުޅޭ ފައިސާ ބަލައިގަތުމާއި، ފައިސާ ބަލައިގަތުމާ ގުޅޭ އެންމެހައި ރިޕޯޓްތައް ހެދުން (ޑޭ އެންޑް ރިޕޯޓް ތައްޔާރުކުރުން)

3. ފައިސާ ބަލައިގަތުމުގައި ކަނޑައެޅިފައިވާ އެންމެހައި މިންގަނޑުތަކާ އެއްގޮތައް ޢަމަލުކުރުން.

ސުންގަޑި:

2016 ޑިސެންބަރު 5 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން (އޮފީސް ހުޅުވިފައި ހުންނާނީ، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 16:00 އަށެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދޭ ފަރާތުގެ ސިޓީ.

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާގެ ލިޔުންތައް (އެޓެސްޓްކޮށްފައި)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ހުށަހަޅަންވީ ތަން:

ހ. އާގަދަގޭގެ ދެވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3016630 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

28 ޞަފަރު 1438

28 ނޮވެންބަރު 2016
ހޯދާ