ތ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި މަދަރުސާގެ މިދަންނަވާ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

1- ދަރިވަރުންގެ ފާޚާނާތަކުގެ ޖަންކްޝަން ސާފުކުރުން

2- ސްޓާފް ފާޚާނާގެ ތަށި ބަދަލުކުރުމާއި މަރާމާތުކުރުން އަދި ޖަންކްޝަން ސާފުކުރުން

3- އޮފީސް ފާޚާނާއަށް ބޭނުންކުރުމަށް 1 ވަޅު ހެދުން 

4- ދަރިވަރުންގެ ބައެއް ފާޚާނާތަކުގެ ފުލެޝްޓޭންކުތައް މަރާމާތުކުރުން

5- މުވައްޒަފުންގެ ފާޚާނާ މަރާމާތުކުރުން

6- ބަގީޗާގެ ފާރުތައް މަރާމާތުކުރުން / ވަށާފާރު މަރާމާތުކުރުން

7- އިސްކުރުތައް ބަދަލުކުރުން (ބަގީޗާއަށް ފެންޖަހަން ބޭނުންކުރާ)

8- ކްލާސްރޫމްތަކުގެ ބައެއް މުށިތައް ބަދަލުކުރުން

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 2016 ޑިސެންބަރު 7 ވާ ބުދަދުވަހުގެ 10:00 އަށް މި މަދަރުސާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ޑިސެންބަރު 19 ވާ ހޯމަދުވަހުގެ 10.00 އަށް މަދަރުސާއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

ބިޑް ހުށަހަޅާ ފަރާތްތަކަށް މާކްސް ދެވޭނެ ގޮތް

- އަގަށް: % 80      - މުއްދަތަށް:  % 10      - ތަޖުރިބާ:  % 10

މައުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ހާޒިރުވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ހާޒިރުވާ ފަރާތެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެނައުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއްނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ރަސްމީ ބަންދޫ ނޫން ދުވަސްދުވަހުގެ ހެނދުނު 8:00 އިން 14:00 އަށް 7733939 އަށެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުގެ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ނޯޓް: މަޢުލޫމާތު ސާފުކުރުމަށް ކުންފުންޏަކުން ނުވަތަ ވިޔަފާރިއަކުން މީހަކު ހާޒިރުވާނަމަ، ހާޒިރުވާ ފަރާތުގެ މަޢުލޫމާތު ބަޔާންކޮށްފައިވާ ވިޔަފާރި ނުވަތަ ކުންފުނީގެ ލިޔުމެއް ހުށަހަޅަންވާނެއެވެ. މި އިޢުލާންކުރުމުން މިކަމާ ބެހޭގޮތުން މީގެކުރިން ކޮށްފައިވާ އިޢުލާން ނަންބަރު 123/2016 (2 ނޮވެންބަރު 2016) ގެ އިޢުލާން ބާޠިލުކޮށްފީމެވެ.

24 ނޮވެންބަރު 2016
ހޯދާ