ދިވެހިރާއްޖެ
މި އިޢުލާނަކީ މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށް، އެކަން އަންގައި ކުރެވޭ އިޢުލާނެކެވެ. |
||||||||
އިންސްޓިޓިއުޓް: ހޮރައިޒަން ކެމްޕަސް |
ޤައުމު: ސްރީލަންކާ |
ކޯހުގެ ލެވެލް: ބެޗްލަރސް ޑިގްރީ |
||||||
ޕާޝަލް ސްކޮލަރޝިޕް |
ފުލް ސްކޮލަރޝިޕް |
ކޯހުގެ އަދަދާއި، ދާއިރާއާއި، މުއްދަތު:
|
||||||
މުއްދަތު |
ދާއިރާ |
އަދަދު |
މުއްދަތު |
ދާއިރާ |
އަދަދު |
|||
03 އަހަރު |
ބެޗްލަރ އޮފް އެޑިޔުކޭޝަން |
06 |
03 އަހަރު |
ބެޗްލަރ އޮފް އެޑިޔުކޭޝަން |
02
|
|||
04 އަހަރު |
ބެޗްލަރ އޮފް އެޑިޔުކޭޝަން (އޮނަރސް) |
04 އަހަރު |
ބެޗްލަރ އޮފް އެޑިޔުކޭޝަން (އޮނަރސް) |
|||||
03 އަހަރު |
ބެޗްލަރ އޮފް ބިޒްނަސް މެނޭޖްމަންޓް - މާކެޓިންގ |
06
|
03 އަހަރު |
ބެޗްލަރ އޮފް ސައިންސް ބިޒްނަސް މެނޭޖްމަންޓް (އެޗް.އާރު.އެމް) |
02 |
|||
04 އަހަރު |
ބެޗްލަރ އޮފް ބިޒްނަސް މެނޭޖްމަންޓް (އޮނަރސް) - މާކެޓިންގ |
04 އަހަރު |
ބެޗްލަރ އޮފް ސައިންސް (އޮނަރސް) ބިޒްނަސް މެނޭޖްމަންޓް (އެޗް.އާރު.އެމް) |
|||||
03 އަހަރު |
ބެޗްލަރ އޮފް ސައިންސް އިން އިންފޮރމޭޝަން ޓެކްނޮލޮޖީ |
06
|
03 އަހަރު |
ބެޗްލަރ އޮފް ސައިންސް އިން އިންފޮރމޭޝަން ޓެކްނޮލޮޖީ |
01
|
|||
04 އަހަރު |
ބެޗްލަރ އޮފް ސައިންސް (އޮނަރސް) އިން އިންފޮރމޭޝަން ޓެކްނޮލޮޖީ |
04 އަހަރު |
ބެޗްލަރ އޮފް ސައިންސް (އޮނަރސް) އިން އިންފޮރމޭޝަން ޓެކްނޮލޮޖީ |
|||||
1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އިމްތިޙާނަކުން 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. 2. އެޑިޔުކޭޝަން ދާއިރާއާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ ކޯސްތަކަށް ހުށަހަޅާ ފަރާތްތަކުން ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 3 މާއްދާއަކުން 'އީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން / ބިޒްނަސް މެނޭޖްމަންޓްގެ ކޯސްތަކަށް ހުށަހަޅާ ފަރާތްތަކުން ބިޒްނަސް ސްޓަޑީޒް، އިކޮނޮމިކްސް، އެކައުންޓިންގ، ކޮމަރސް، މި މާއްދާތަކުގެ ތެރެއިން 3 މާއްދާއިން 'އީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. 3. ޖީ.ސީ.އީ އޯލެވެލް/އައި.ޖީ.ސީ.އެސް.ސީ އިމްތިޙާނުގެ 5 ފާހުގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އެއާ އެއްފެންވަރެއްގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ނުވަތަ ސީ.އޭ.އީ/ސީ.ޕީ.އީ އިމްތިޙާނުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ނުވަތަ TOEFL އިން 550 އިން ފެށިގެން މަތި ލިބިފައިވުން ނުވަތަ IELTS އިން 5.5 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވުން. 4. އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުނު ފަހުން ތިރީގައިވާ މުއްދަތަށް، 1 ޑިސެންބަރު 2016 މި ތާރީޚުގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން. ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލިބުނު ފުލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 2 އަހަރުދުވަހު ޚިދުމަތްކޮށްފައިވުން. ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލިބުނު ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1.5 އަހަރުދުވަހު ޚިދުމަތްކޮށްފައިވުން. ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1 އަހަރުދުވަހު ޚިދުމަތްކޮށްފައިވުން. ރ. އަމިއްލަ ގޮތުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ ޚިދުމަތްކުރުމުގެ މުއްދަތެއް ނުގުނޭނެއެވެ. 5. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކައި ޚަލާޞްކޮށްފައިވާ ފަރާތެއްކަމުގައިވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި މި އިޢުލާނުގައިވާ ބައެއް އެހެނިހެން ޝަރުޠުތައް ފުރިހަމަ ނުވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މި އިޢުލާނުގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" ގެ ދަށުންނެވެ. މި އުސޫލު މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.dhe.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ. |
ކޯހުގެ ޝަރުޠުތައް:
|
* މި ކޯސްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 2017 ވަނަ އަހަރުގެ ޖަނަވަރީގައެވެ. * ތިރީގައި މިވަނީ މި ސްކޮލަރޝިޕްގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ ފުރުޞަތުތަކުގެ ސަބްސިޑައިޒް ފީގެ މަޢުލޫމާތެވެ. 4 years Bachelor’s Degree with Honors |
އިތުރު މަޢުލޫމާތު: |
||||||
Course/Program |
Registration fee for entire duration |
Total tuition fee to complete entire duration |
Fees + registration |
Scholarship (Tuition fee) full / partial |
Cost to student |
||
Bachelor of Education ( Hons ) |
500 USD |
10,000 USD |
10,500 USD |
Full (100%) |
500 USD |
||
500 USD |
10,000 USD |
10,500 USD |
|
Partial (50%) |
5,500 USD |
||
B.Sc. ( Hons ) Business Management – HRM |
500 USD |
10,000 USD |
10,500 USD |
|
Full (100%) |
500 USD |
|
Bachelor of Business Management ( Hons ) - Marketing |
500 USD |
10,000 USD |
10,500 USD |
Partial (50%) |
5,500 USD |
||
B.Sc. ( Hons ) in Information Technology |
500 USD |
10,000 USD |
10,500 USD |
Full (100%) |
500 USD |
||
500 USD |
10,000 USD |
10,500 USD |
Partial (50%) |
5,500 USD |
|||
3 years Bachelor’s Degree |
|||||||
Course/Program |
Registration fee for entire duration |
Total tuition fee to complete entire duration |
Fees + registration |
Scholarship (Tuition fee) full / partial |
Cost to student |
||
Bachelor of Education |
500 USD |
7,500 USD |
8,000 USD |
Full (100%) |
500 USD |
||
500 USD |
7,500 USD |
8,000 USD |
Partial (50%) |
4,250 USD |
|||
B.Sc. Business Management – HRM |
500 USD |
7,500 USD |
8,000 USD |
Full (100%) |
500 USD |
||
Bachelor of Business Management - Marketing |
500 USD |
7,500 USD |
8,000 USD |
Partial (50%) |
4,250 USD |
||
B.Sc.in Information Technology |
500 USD |
7,500 USD |
8,000 USD |
Full (100%) |
500 USD |
||
500 USD |
7,500 USD |
8,000 USD |
Partial (50%) |
4,250 USD |
* ސްކޮލަރޝިޕްތަކަށް ހޮވޭ ކެންޑިޑޭޓުން ބޭނުންވާނަމަ، ޓިކެޓް، ސްޓައިޕެންޑް، ޕާޝަލް ސްކޮލަރޝިޕްތަކަށް ހޮވޭ ކެންޑިޑޭޓުން ދައްކަންޖެހޭ ޓިއުޝަން ފީ، ލޯނެއްގެ ގޮތުގައި މި ޑިޕާޓްމަންޓުން ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. * މި ސްކޮލަރޝިޕްތަކުގައި ކިޔަވާ ދަރިވަރުންގެ ކެއުމާއި، ހުރުމާއި، އޭގެ އިތުރުން ކުރަންޖެހޭ ޚަރަދުތައް ކުރަންޖެހޭނީ ކެންޑިޑޭޓުން އަމިއްލައަށެވެ. * މި އިޢުލާނުގެ ދަށުން ކޮންމެ ކެންޑިޑޭޓަކަށް ވެސް ހުށަހެޅޭނީ އެއް އެޕްލިކޭޝަން ފޯމެވެ. * މި ކޯހަށް އެދި ހުށަހަޅާ ފަރާތަކީ، އިޢުލާން ކުރެވިފައިވާ ކޯހާ އެއް ފެންވަރެއްގެ ނުވަތަ އެއަށް ވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެ ކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާ އެއް ފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ. * މި ސްކޮލަރޝިޕްގެ ދަށުން މަތީ ތަޢުލީމު ހާސިލުކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވާ ނިންމުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ. އަދި ދިވެހި ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި މި ބޮންޑުގެ ދަށުން ސަރުކާރަށް ޚިދުމަތް ކުރަންވާނެއެވެ. * ބައިލެޓަރަލް އެހީގެ ދަށުން ރާއްޖެއަށް ލިބެމުންދާ ކޯސްތަކަށް މި ޑިޕާޓްމަންޓުން ކެންޑިޑޭޓުން ނޮމިނޭޓު ކުރެވުނު ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ދިމާވާ އެއްވެސް މައްސަލައެއްގައި ސްކޮލަރޝިޕް ކެންސަލް ކޮށްފިނަމަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން އެ ފުރުޞަތު ނުވަތަ އޭގެ ބަދަލުގައި އެހެން ފުރުޞަތުތަކެއް އެ ދަރިވަރަކަށް ހޯދައިދޭ އުސޫލެއް ނޯންނާނެ ކަމުގައި ދަންނަވަމެވެ. * މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަންގެ ދަށުން ނޮމިނޭޓްވާ ކެންޑިޑޭޓަކު ސްކޮލަރޝިޕް ދޫކޮށްލައިފިނަމަ، "މަތީ ތަޢުލީމާއި ތަމްރީނަށް ސަރުކާރުގެ އެހީގައި ނުވަތަ ސަރުކާރު މެދުވެރިވެ ސްކޮލަރޝިޕްގެ އެހީއާއި ލޯން އެހީގައި ދާ ފަރާތްތަކުން ފުރުޞަތު ދޫކޮށްލުމުން ނުވަތަ ކޯސް ފުރިހަމަ ނުކުރުމުންފަދަ ސަބަބުތައް މެދުވެރިވުމުން ދަރިވަރުން ބްލެކް ލިސްޓު ކުރުމާބެހޭ އުސޫލު" ގެ ދަށުން ބްލެކް ލިސްޓު ކުރެވޭނެއެވެ. * މި ކޯހަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ނޮމިނޭޝަން ލިސްޓް، މި ޑިޕާޓްމަންޓުގެ ވެބްސައިޓް: www.dhe.gov އަށް އަޕްލޯޑް ކުރެވޭނެއެވެ. * މި އިޢުލާނުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށްޓަކައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ސެޓުފިކެޓުތައް އެޓެސްޓު ކުރަން ބޭނުންފުޅުވާ ފަރާތްތަކަށް އިޢުލާންގެ ސުންގަޑި ހަމަވުމުގެ 1 ދުވަސް ކުރިއަށް ކޮންމެ ރަސްމީ ދުވަހަކުވެސް އެޓެސްޓު ކޮށްދެވޭނެއެވެ. |
އިތުރު މަޢުލޫމާތު: |
* ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ އެޕްލިކޭޝަން ފޯމާއި، އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި. * ތަޢުލީމީ ސެޓުފިކެޓުތަކާއި، ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާއި އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރު އޮފީހަކުން، ލޯ ފާމަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑުޖެހި އަސްލު. (އޮރިޖިނަލް އެޓެސްޓު ސެޓުފިކެޓު) އެޓެސްޓު ކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، ސެޓުފިކެޓުގެ އަސްލުގައި ދެފުށް ވާނަމަ ދެފުށުގެ ކޮޕީ ނުނަގައި އެޓެސްޓު ކޮށްފައިވާ ސެޓުފިކެޓުތަކާއި އެޓެސްޓު ކޮށްފައިވާ ސެޓްފިކެޓުތަކުގެ ސްކޭން ކޮޕީ ގަބޫލެއް ނުކުރެވޭނެއެވެ. (އެޓެސްޓު ކުރަންވާނީ އިނގިރޭސި ބަހުންނެވެ.) * އެޓެސްޓު ކޮށްފައިވާ ލިޔުމުގައި އެޓެސްޓު ކޮށްފައިވާ ލޯފާމެއްގެ / އޮފީހެއްގެ ތައްގަނޑާއި ތަނުގެ ނަން، ސޮއިކުރެއްވި ބޭފުޅެއްގެ ނަމާއި، މަޤާމާއި، ތާރީޚު އޮންނަންވާނެއެވެ. އެހެން މީހެއްގެ ބަދަލުގައި ނުވަތަ އެހެން މީހެއްގެ ފަރާތުން ކުރާ އެޓެސްޓޭޝަންތައް ވެސް ހުންނަންވާނީ މި ފަދައިންނެވެ. އެޓެސްޓޭޝަން ފުރިހަމަނޫން ނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. * ޖީ.ސީ.އީ އޯލެވެލް/އައި.ޖީ.ސީ.އެސް.ސީ އިނގިރޭސި ނުވަތަ އެއާއި އެއްފެންވަރެއްގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ނުވަތަ ސީ.އޭ.އީ/ސީ.ޕީ.އީ އިމްތިޙާނުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ނުވަތަ TOEFL އިން 550 އިން ފެށިގެން މަތި ލިބިފައިވާކަން ނުވަތަ IELTS އިން އޯވަރރޯލ ސްކޯރ 5.5 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވާކަން އަންގައިދޭ ލިޔުން. * އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުމަށްފަހު، މި އިޢުލާނުގެ ޝަރުޠު ނަންބަރު 4 ގައި ބަޔާންކޮށްފައިވާ މުއްދަތަށް 1 ޑިސެންބަރު 2016 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާކަން ސާބިތުކޮށްދިނުމުގެގޮތުން، ޚިދުމަތްކުރި މުއްދަތު ބަޔާންކޮށް ޚިދުމަތްކުރި ފަރާތުން ދީފައިވާ ލިޔުން. * ސަރުކާރަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މީހަކު ނަމަ، އެ ބޮންޑެއް އޮތް ތަނަކުން އެ މީހަކު މި ކޯހަށް ދޫކުރާނެ ކަމުގެ ލިޔުން. * ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި ޑިޕާޓްމަންޓު މެދުވެރިވެގެން ކިޔެވުމަށް ބޭންކަކުން ލޯނެއް ނަގާފައިވާނަމަ ގަވާއިދުން ލޯނު ދައްކަމުންދާކަމުގެ ރަސްމީ ލިޔުމާއި، މި ކޯސް ލިބިއްޖެނަމަ މި ކޯސް ހަދަމުންދާ މުއްދަތުގައިވެސް ލޯނު ދައްކަމުންގެންދާނެ ކަމަށް އެއްބަސްވާކަމުގެ ލިޔުން. * މި އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓެއް ހަމައަށް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ޑިސްކޮލިފައިކުރެވޭނެއެވެ. |
ހުށަހަޅަން ޖެހޭ ތަކެތި: |
ސުންގަޑި: 2016 ޑިސެންބަރު 1 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށް ލައި ބަންދުކޮށް، ސިޓީއުރައިގެ ބޭރުގައި ނަމާއި، އެޑްރެހާއި، ސްކީމާއި، ކޯހުގެ ނަން ލިޔުމަށްފަހު، މި ޑިޕާޓްމަންޓުގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ. |
|
ކޯހަށް އެދޭ ފޯމު، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 13:30 އަށް ވެލާނާގޭ 2 ވަނަ ފަންގިފިލާގައި ހުންނަ މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓުން (www.dhe.gov.mv) ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު 3341392 ނަންބަރު ފޯނުން ލިބޭނެއެވެ. |