ދަރަނބޫދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

1 ޖަނަވަރީ 2017 އިން ފެށިގެން 1 އަހަރުދުވަހުގެ މުއްދަތަށް، މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު GS170/016/24 (26 އޮކްޓޫބަރު 2016) އިޢުލާނުގައި ހިމެނޭ މަޢުލޫމާތުތަކަށް ބަދަލުތަކެއް އައުމުގެ ސަބަބުން އެ އިޢުލާން ބާޠިލުކޮށް، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާންކުރަމެވެ.

މިކަމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުންދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޑިސެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް އެކަންޏެވެ.

މިކަމަށް އެދި ހުށަހަޅަންޖެހޭ ފޯމު މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް ދޫކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯދަން މި ސްކޫލުގެ 7952911 ނަންބަރާ ގުޅުން އެދެމެވެ.

23 ޞަފަރު 1438

23 ނޮވެންބަރު 2016
ހޯދާ