ދިވެހިރާއްޖެ
2 (ދޭއް) ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "ސްޓްރެންތުނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވާރކަރސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް" (SABAH Project) އަށް 2 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2016 ޑިސެންބަރު 4 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މި މަސައްކަތަށް ބިޑް ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.
އަންދާސީހިސާބު ހުށަހަޅުއްވާނީ، މަޢުލޫމާތު ކަރުދާހާއެކުގައިވާ "ބިޑް ހުށަހަޅާ ފޯމު" ފުރިހަމަކުރުމަށްފަހު، 2016 ޑިސެންބަރު 11 ވާ އާދީއްތަދުވަހުގެ 00؛14 އަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޯސްޓް ގާޑާ ޖެހިގެން އިރަށް ހުންނަ އިމާރާތް) އަށެވެ. އަދި ބިޑް ހުށަހަޅާ ފޯމު ފުރިހަމަނުކޮށް ނުވަތަ ފޯމު ހިމަނާފައިނުވާ ބިޑުތައް ބަލައިނުގަނެވޭނެއެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 3003018، 3003019 ފޯނު ނަންބަރަށް ގުޅުއްވުން އެދެމެވެ.
24 ޞަފަރު 1438