ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންގެ ޔުނީފޯމު ފަހައިދޭނެ ފަރާތެއް ބޭނުންވެއްޖެ.
2016 އޮކްޓޯބަރ 25 ވަނަ ދުވަހު ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންގެ ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން (ނަންބަރު: WAMCO-LOG/IUL/2016/80) އާ ގުޅިގެން، 09 ނޮވެންބަރު 2016 ވީ ބުދަދުވަހުގެ 10:00 ގައި މި ކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބޭއްވުނު ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި އެއްވެސް ފަރާތަކުން ބައިވެރިވެވަޑައިގެންފައިނުވާތީ (ނަންބަރު: WAMCO-LOG/IUL/2016/80) ބާޠިލުކޮށް އަލުން އިޢުލާން ކުރަމަވެ.
ވީމާ، މި ކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައި ބަޔާންކުރެވިފައިވާ ތާރީޚުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހެޑް އޮފީސް (މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
01 ޑިސެންބަރު 2016 (ބުރާސްފަތި) |
13:00 (މެންދުރު) |
ބީލަން ހުށަހެޅުން |
08 ޑިސެންބަރު 2016(ބުރާސްފަތި) |
13:00 ( މެންދުރު) |
ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. 2016 ޑިސެންބަރު 08 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ.
ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ ، މަޖީދީމަގު
ޕޯސްޓަލް ކޯޑް:20161
މާލެ، ދިވެހިރާއްޖެ.
ފޯން ނަންބަރު: 3000581
އީމެއިލް: [email protected]