ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކުގައި ބަހައްޓާނެ ތަކެތި ހޯދުމަށް

 އިޢުލާން

ލ.ކުނަހަންދޫ ކުޑަކުދިންގެ ޕާކުގައި ބަހައްޓާނެ ތަކެތި ހޯދުމަށް:

ލ.ކުނަހަންދޫ ކުޑަކުދިންގެ ޕާކުގައި ބަހައްޓާނެ ތަކެތި ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި ތަކެތި ވިއްކަން ބޭނުންވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ފޯނުންވެސް މަޢުލޫމާތު ސާފުކުރެވޭނެއެވެ. މިގޮތުން، ކައުންސިލުގެ އިދާރާގެ ނަންބަރު 9995970 ، އަދި ކައުންސިލުގެ ރައީސްގެ ނަންބަރު 7955667 އާ ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ކުންފުނި ނުވަތަ އިންވެސްޓްމަންޓް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ ކައުންސިލްގެ މެއިލް [email protected] އަށް ފޮނުވަންވާނެއެވެ. އަގު ހުށަހަޅާއިރު ހުށަހަޅަންވާނީ، އާ ތަކެތީގެ އަގެވެ.

  • މަޢުލޫމާތު ސާފުކުރުން: 2016 ޑިސެންބަރު 4 ވާ އާދީއްތަދުވަހުގެ 11:00 ގައި
  • އަންދާސީހިސާބު ހުށަހެޅުން 2016 ޑިސެންބަރު 13 ވާ އަންގާރަދުވަހުގެ 13:00 ގައި

މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެއެވެ. މައުލޫމާތު ސާފުކުރަން ހާޒިރުވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. އަދި ކުންފުނި ނުވަތަ އިންވެސްޓްމަންޓް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ ގެންނަންވާނެއެވެ.                                                                                                     

މިހެންވެ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ޞަފަރު 1438

23 ނޮވެންބަރު 2016
ހޯދާ