ގއ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ތަރުޖަމާނު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ގއ. ދެއްވަދޫ ޞިއްޙީ މަރުކަޒުގެ "ތަރުޖަމާނު" ގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 23 ނޮވެންބަރު 2016 ގައި މި ހޮސްޕިޓަލުން ކޮށްފައިވާ (IUL)GAAH-HR/2016/35 ނަންބަރުގެ އިޢުލާނުގައިވާ "ހުށަހަޅަންޖެހޭ ލިޔުންތައް" މިބައި ނުބައިކޮށް ލިޔެވިފައިވާތީ،  އެ ބައި އިޞްލާޙުކޮށް، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރީމެވެ.

ގއ. އަތޮޅު ހޮސްޕިޓަލުގެ ދަށުން ހިންގަމުންގެންދާ ގއ. ދެއްވަދޫ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

ތަރުޖަމާނު

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: GS3

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ޢިނާޔަތްތައް: 

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

2. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް، ރިސްކް އެލަވަންސް -/75 ރުފިޔާ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ގއ. ދެއްވަދޫ ޞިއްޙީ މަރުކަޒު / ގއ. ދެއްވަދޫ

ކުރަންޖެހޭ މައިގަނޑު  މަސައްކަތްތައް:

ޑޮކްޓަރާއި ބަލިމީހާއާ ދެމެދު ކުރެވޭ މުޢާމަލާތް ފުރިހަމައަށް ތަރުޖަމާކޮށްދިނުމާއި ބަލިމީހުން ބެލުމުގައި ޑޮކްޓަރުންނަށް އެހީތެރިވެދިނުން.

ބަލިމީހާގެ ފުރިހަމަ މައުލޫމާތާއެކު ދުވަހުން ދުވަހަށް ކޭސް އެންޓްރީކޮށް، އައި ސީ ޑީ ކޯޑް ޖެހުން. އަދި ރެކޯޑް ބެލެހެއްޓުމުގައި އަދި މެޑިކަލް ރެކޯޑް ބެލެހެއްޓުމުގައި މެޑިކަލް ރެކޯޑް އޮފިސަރަށް އެހީތެރިކަން ދިނުން

ބަލިމީހުން ބަލަން ފެށުމުގެ ކުރިން ކޮންސަލްޓޭޝަން ރޫމަށް ބޭނުންވާ ތަކެތި ހަމަކޮށް ބެލެހެއްޓުމާއި ރޫމްގެ ސާފްތާހިރުކަން ހުރިނެތްގޮތް ބަލާ ޗެކްކުރުމަށްފަހު ފުރިހަމަނުވާ ކަމެއްވާނަމަ ޕީއާރއޯ އަށް ހުށަހަޅާ ފުރިހަމަ ކުރުން.

ޑެއިލީ ސާވައިލަންސަށް ބޭނުންވާ ނޯޓިފިއަބްލް ޑިޒީޒް ފޯރމް ފުރިހަމަކޮށް ވީހާ އަވަހަކަށް ޕަބްލިކް ހެލްތު ޔުނިޓަށް ފޮނުވުން.

ކޮންސަލްޓޭޝަން ނޯންނަ ވަގުތުތަކުގައި އޯޕީޑީ ކައުންޓަރަށާއި ޕީއާރއޯ އަށް އެހީތެރިކަން ދިނުމާއި އޮބްޒަވޭޝަން، ޑްރެސިންގ ރޫން ފަދަ ތަންތަނަށް ތަރުޖަމާނަކު ބޭނުންވެއްޖެ ހިނދެއްގައި އެހީތެރިކަން ދިނުން.

ތަޢުލީމާއި ތަޖުރިބާ:

1. ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލެޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރެޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް، މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލެޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރެޝަން، ޕްރޮޖެކްޓްމެނޭޖްމަންޓް، މިއިން  ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރި ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ގއ. ދެއްވަދޫ ޞިއްޙީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ މަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް  ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (ޝޯޓް ޓާރމް ޓްރޭނިންގ)

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2016 ޑިސެންބަރު 8 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ގއ. ދެއްވަދޫ ޞިއްޙީ މަރުކަޒަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ ތެރޭގައި، ގއ. ދެއްވަދޫ ޞިއްޙީ މަރުކަޒުގައި.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6824754 ނަންބަރު ފޯނަށެވެ.

24 ޞަފަރު 1438

24 ނޮވެންބަރު 2016
ހޯދާ