މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މަޤާމު

 ސޭލްސް އެސިސްޓެންޓް (ފިހާރަ)

ބޭނުންވާ އަދަދު:

 02

އަސާސީ މުސާރަ:

-/3664 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން -/4,580 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

-/2,000 ރުފިޔާއާއި -/4,000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެ

އިތުރުގަޑީގައްޔާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް / ސަންދަން ޓްރާންސްޕޯޓް ލިންކް (ފިހާރަ)

ޝަރުޠު:

  • ގްރޭޑް 10ގެ ފެންވަރު ހުރުން ނުވަތަ މަޤާމުގައި ކުރަންޖެހޭ މަސައްކަތާގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހު އުޅެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ފިހާރައިގައި ކުރަންޖެހޭ ސޭލްސްގެ މަސައްކަތްކުރުން
  • ކަސްޓަމަރުންނަށް ފިހާރައިން ދޭންޖެހޭ ޚިދުމަތްދިނުން
  • ފިހާރައަށް ގެންނަ މުދާ ހަރުތަކުގައި ޖެހުން
  • ސޭލްސްއާ ގުޅުންހުރި އެހެނިހެން މަސައްކަތައް ކުރުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދަންފަޅި އުސޫލުން ދުވާލަކު 8 ގަޑިއިރު

މަޤާމު:

 ކޭޝިއަރ

ބޭނުންވާ ޢަދަދު:

 02

އަސާސީ މުސާރަ:

-/4,624 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން -/5,780 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

-/2,000 ރުފިޔާއާއި -/4,000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެ

އިތުރުގަޑީގައްޔާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް / ސަންދަން ޓްރާންސްޕޯޓް ލިންކް (ފިހާރަ)

ޝަރުޠު:

  • ޖީ.ސީ.އޯ ލެވެލް 2 މާއްދާ އިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއިއެކު، އެސް.އެސް.ސީ އިމްޙާނުގެ 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން ނުވަތަ މަޤާމްގައި ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހު އެޅޭ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ފިހާރައިގައި ހިންގަމުންދާ ވިޔަފާރީގައި ލިބެމުންދާ ފައިސާގެ ޒިންމާތައް ބެލެހެއްޓުމާއި، ލިބޭ ފައިސާގެ ޑެއިލީ ރިޕޯޓް ތައްޔާރުކުރުމާއި، ޗެކުކުރުން
  • ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބުދިނުމާއި، މުދަލުގެ އަގު ރަނގަޅަށް ޗެކްކުރުމަށްފަހު މުދާ ޙަވާލުކުރުން.
  • ގަނެވިއްކުމުގައި ފައިސާއަކީ ޞައްޙަ ނޫޓުތޯ ބެލުން
  • ފައިސާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދަންފަޅި އުސޫލުން ދުވާލަކު 08 ގަޑިއިރު

ސުންގަޑި:

 2016 ޑިސެންބަރު 01 ވާ ބުރާސްފަތި ދުވަހުގެ 15:30 ގެ ކުރިން

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

 މަޤާމަށް އެދިހުށައަޅާ ފޯމު

 އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

 ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

 ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

ހުށަހަޅަންޖެހޭ އޮފީސް:

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

 ވަޒީފާއަށް އެދޭ ފޯމު މި ކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި ކުންފުނީގެ  ވެބްސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ނޯޓު: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 ވުރެ ގިނަނަމަ، އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން 20 ފަރާތެކެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ

24 ޞަފަރު 1438

 

 

24 ނޮވެންބަރު 2016
ހޯދާ