މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީކުރުމަށް ހުޅުވާލުން

އިޢުލާން

މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީކުރުމަށް ހުޅުވާލުން

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އިންތިޚާބުކުރެވިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ދައުރު ހަމަވާތީ، މި ކައުންސިލަށް އަލުން މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ވޯޓުގައި، ވޯޓުލުމަށްޓަކައި ރަޖިސްޓަރީކުރުން 2016 ނޮވެންބަރު 27، 28، 29 މި ދުވަސްތަކުގެ ހެނދުނު 9:00 ން ފެށިގެން މެންދުރު 12:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒު (ވެލާނާގޭ 10 ވަނަ ފަންގިފިލާ) ގައި އޮންނާނެއެވެ.  ރަޖިސްޓްރީކުރުމަށް ހުށަހަޅާ ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.homeaffairs.gov.mv ގެ މީޑިއާ ކައުންސިލްގެ ފޯލްޑަރުން ޑައުންލޯޑް ކުރެވޭނެއެވެ. 

ރަޖިސްޓަރީކުރެއްވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑާއި، ތަމްސީލުކުރާ މީޑިއާއެއްގެ ތައްގަނޑު ޖެހި ލިޔުމެއް ގެންނަންވާނެއެވެ. އަދި މީގެއިތުރުން މީޑިއާއަކުން އެ އިދާރާއެއްގެ ފަރާތުން ވޯޓުލާނެ ބޭފުޅެއްގެ ފުރިހަމަ މަޢުލޫމާތާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހެޅުއްވުމުންވެސް ރަޖިސްޓަރީކޮށްދެވޭނެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ވޯޓުދެވޭނީ، މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫސްތަކާއި، ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮންމެ ފަރާތެއް ތަމްސީލުކުރާ އެކަކަށެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

24 ޞަފަރު 1438

24 ނޮވެންބަރު 2016
ހޯދާ