1. ޔުނިވަރސިޓީން ހިފާފައި ހުންނަ ތަންތަނުގެ ކުލި ދެއްކުން.
2. ބިލުތައް އެންޓްރީން ނެގުން.
3. ބިލުތަކުގެ ކޯޑު ޖެހުމުން، ބިލުތަކަށް ފައިސާ އަދާކުރުމަށް ބޭނުންވާ އެންމެހައި ލިޔުންތައް ހޯދައި، އެ ލިޔުންތައް ބިލާ އެޓޭޗްކުރުމަށްފަހު، ފައިސާ އަދާކުރުމަށް ވައުޗަރ ތައްޔާރުކޮށް، ޗެކުލިސްޓް ހަދައި، ފައިސާ އަދާކުރުމަށް ބޭނުންވާ އެންމެހައި ކަންތައްކުރުން.
4. ޕާރޓް ޓައިމް ލެކްޗަރަރުންގެ ޕޮކެޓްމަނީ އެފަރާތްތަކަށް ރައްދުކުރުމާއި، މުސާރަ ދިނުމާބެހޭ އެންމެހައި ކަންތައްކުރުން.
5. ދަތުރުތަކުގެ ޓިކެޓް ނެގުމާއި، ދަތުރުތަކާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
6. މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވާ ވައުޗަރުތަކާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
7. ރިފަންޑް ފައިސާ ދޭންޖެހޭ ދަރިވަރުންގެ ފައިސާ ރައްދުކުރުން.
8. ވައުޗަރާއި ފައިސާއާބެހޭ އެންމެހައި ލިޔެކިޔުންތައް ތަރުތީބުން ފައިލުކޮށް ބެލެހެއްޓުން.
9. ޕްރޮޖެކްޓް ސެކްޝަނުން މެމޯ އައުމުން، ވޯކް ޕާރމިޓް ދެއްކުމަށް ވައުޗަރ ހަދައި، ފައިސާ ދެއްކުން.
10. ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އެހީތެރިކަން ދިނުމާއި، ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް، ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.
|