ދިވެހިރާއްޖެ
އިޢުލާން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ މޮނިޓަރަކަށްވުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން
2017 ޖަނަވަރީ 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައް އޮބްޒާވްކުރުމަށް ފުރުޞަތު ހުޅުވާލައި 2016 ނޮވެންބަރު 10 ވީ ބުރަސްފަތި ދުވަހު ކުރެވިފައިވާ މި ކޮމިޝަނުގެ ނަންބަރު: (A) DA-2016/199 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.
މި އިޢުލާނުގައިވާ ގޮތުގެ މަތިން މޮނިޓަރުކުރުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު 2016 ޑިސެންބަރު 6 ވާ އަންގާރަ ދުވަހުގެ ހަވީރު 16:00 އާ ހަމައަށް އިތުރުކޮށްފީމެވެ.
ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރުކުރުމަށް ޝައުޤުވެރިވާ ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާތަކާއި، ޚަބަރުފަތުރާ އިދާރާތަކުން ކުރިމަތިލުމަށް ފޯމު ހުށަހަޅާނީ އޮންލައިންކޮށެވެ. އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ހުށަހަޅުއްވާނީ http://forms.elections.gov.mv މިލިންކު މެދުވެރިކޮށެވެ. އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ހުށަހަޅާނޭ ގޮތުގެ އުސޫލު މި ލިންކުން ފެންނަން ހުންނާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
24 ޞަފަރު 1438