1. ކިޔަވަދޭ ފިލާވަޅުތައް ފެކަލްޓީން ހަމަޖައްސަވާފައިވާ ފޯމެޓަށް ތައްޔާރުކުރުން.
2. ހަފުތާއަކު މަދުވެގެން ފަނަރަ ގަޑިއިރު ކިލާސްތަކުގައި ކިޔަވައިދިނުން.
3. ކިޔަވައިދޭ މާއްދާއާ ގުޅޭގޮތުން ދަރިވަރުން ހުށަހަޅާ ކަންތައްތަކަށް ޖަވާބުދާރީވުން.
4. ކޯސްތަކާއި މާއްދާތައް ކޯޑިނޭޓްކުރުން.
5. އައު މުޤައްރަރުތައް ފަރުމާކުރުމާއި، ބޭނުންކުރެވޭ މަޤާމުތައް އިޞްލާޙުކުރުން.
6. ސެމިސްޓާރ ފެށުމުގެ ކުރިން ދަރިވަރުންނަށް ސަބްޖެކްޓުގެ އައުޓްލައިން ތައްޔާރުކުރުން.
7. ކިޔަވައިދޭ މާއްދާތަކުގެ މެޓީރިއަލްތައް އަޕްޑޭޓްކުރުން.
8. މާއްދާތަކުގެ އިމްތިޙާން ކަރުދާސް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އެގްޒޭމް ކޯޑިނޭޓަރާ ހަވާލުކުރުން.
9. އިމްތިޙާނަށްފަހު ހަވާލުކުރެވޭ ޕޭޕަރުތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އެގްޒޭމް ކޯޑިނޭޓަރާ ހަވާލުކުރުން.
10. ލެކްޗަރތަކާއި، ޓިއުޓޯރިއަލްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވޯރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތައް ފަދަ ކަންކަން ރާވައި ހިންގުން.
11. މާއްދާ ނުވަތަ ކޯސް ކޯޑިނޭޓްކުރުމުގެ ޒިންމާ ހަވާލުކުރެވިއްޖެނަމަ، އެ ދާއިރާތަކުގައި ކިޔަވައިދިނުމަށް ބޭނުންވާ އެންމެހައި ކަންކަން ރާވައި ހިންގުމާއި، ކިޔަވައިދެވޭ ފެންވަރު ބެލުމާއި، ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ދެވޭނެގޮތް ހަމަޖެއްސުން.
12. ފަންނީ މުވައްޒަފުންގެ ބައްދަލުވުންތަކާއި، މާއްދާތަކުގެ ޕެނަލްތައް ފަދަ އެކިއެކި ބައްދަލުވުންތަކާއި އެފަދަ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމަކުރުން.
13. ފެކަލްޓީގެ ކަންކަން ރަނގަޅުކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ހަވާލުކުރެވޭ މަސައްކަތްކުރުން.
14. ފެކަލްޓީގެ އެހެން މުވައްޒަފުންނާ ގުޅިގެން، އަދި "ކޯޑް އޮފް ކޮންޑަކްޓް" އާ އެއްގޮތަށް އެކުވެރިކަމާއެކު، ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުން.
15. އަމިއްލަގޮތުންނާއި، ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން ޢިލްމީ ދިރާސާތައްކޮށް، އެ ދިރާސާތައް ޝާއިޢުކުރުމަށް މަސައްކަތްކުރުން.
16. މަތީގައިވާ ކަންކަމުގެ އިތުރުން، މަޤާމާ ގުޅޭގޮތުން ފެކަލްޓީން ހަވާލުކުރާ ކަންތައްތައް ކުރުން.
|