ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލުގެ ނަންބަރު GS112/IUL/2016/09 (31 އޮކްޓޫބަރު 2016) އިން މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގައި ޓީޗަރުން ބޭނުންކުރުމަށް ފާޚާނާއެއް ޢިމާރާތްކުރުމަށް ކުރި އިޢުލާނަށް އެކަށީގެންވާ އަދަދަށް ބިޑް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، މިދެންނެވި މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކެއް ހޯދުމަށް އަލުން އިޢުލާންކުރީމެވެ.
މި މަސައްކަތާ ގުޅޭގޮތުން ހިންގާ މުޢާމަލާތްތައް މިދަންނަވާ ގޮތުގެ މަތީން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
| މުޢާމަލާތް | ތަން | ތާރީޚު | ގަޑި | 
| މަޢުލޫމާތު ދިނުން | ޅޮހީ ސްކޫލް | 29 ނޮވެންބަރު 2016 (އަންގާރަ) | މެންދުރުފަހުގެ 2:00 | 
| އަންދާސީހިސާބު ހުށަހެޅުއްވުން | ޅޮހީ ސްކޫލް | 8 ޑިސެންބަރު 2016 (ބުރާސްފަތި) | މެންދުރުފަހުގެ 2:00 | 
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.
 
                    