ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ؛
މި އިދާރާގެ ނަންބަރު (IUL)417-CA/417/2016/80 އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި އިދާރާގައި ހެދުމަށް ހަމަޖެހިފައިވާ ޕޮލިސްރޫމަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި އަމިއްލަ ޚަރަދުގައި ގަނެ މި އިދާރާއަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ބޭނުންވާ އަދަދު |
ބޭނުންވާ ތަކެތީގެ ތަފުސީލު |
2 |
ހައިބެކް ގޮނޑި (ކަޅުކުލަ) |
1 |
ފައިލިންގ ކެބިނެޓް (މަދުވެގެން ' 2'x1'x5 ގެ ދެދޮރުފަތަށް ބިއްލޫރި ލެއްވި) |
2 |
ކޮމްޕިއުޓަރ ސިސްޓަމް i5, 4GB_RAM, 500GB_HDD, 24” Monitor LED |
2 |
ޔޫޕީއެސް 650AV |
1 |
މަލްޓި ފަންކްޝަނަލް ލޭޒަރޖެޓް ޑުޕްލެކްސް ޕްރިންޓަރ (ސްކޭން، ކޮޕީ، ޕްރިންޓިންގ) |
1 |
އެއަރކޮންޑިޝަން 12000 ބީޓީޔޫގެ (އިންވާޓަރ) |
1 |
ޕޭޕަރ ޝްރެޑަރ (އެއްފަހަރާ 20 ގަނޑުގެ) |
ވީމާ، މި ތަކެތި މި އިދާރާއަށް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 27 ވަނަ ދުވަހުގެ 13:00 އަށް، މަތީގައިވާ ދެންނެވިފައިވާ ތަކެއްޗަށް ވަކިވަކިން މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބުގައި ތަކެތި ކައުންސިލް އިދާރާއަށް ފޯރުކޮށްދެވޭނެ އަގާއި މުއްދަތު އެނގެން އޮންނަންވާނެއެވެ. އަދި ތަކެތީގެ ފުރިހަމަ މަޢުލޫމާތު ފޮޓޯއާއެކު ހުށަހަޅަންވާނެއެވެ. މީގެ އިތުރުން އަންދާސީހިސާބު ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގައިވާ ގޮތުގެ މަތިން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6840015 ފޯނަށް ގުޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހަޅުއްވަނީ، ކުންފުނި / ކޯޕަރޭޓިވަކުންނަމަ، އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ޖަހާފައިވާ ކުންފުނި / ކޯޕަރޭޓިވްގެ ސިޓީއަކާއެކު އެ ތަނުގެ ރަޖިސްޓަރީގެ ކޮޕީ (މުއްދަތު ހަމަނުވާ) ހުށަހަޅަންވާނެއެވެ. ވަކި ފަރުދެއްގެ ނަމުގައި އަންދާސީހިސާބު ހުށަހަޅާނަމަ، އެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަ މީހެއްގެ ނަމުގައި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަމުގެ ސިޓީއެއް، އަންދާސީހިސާބު ހުށަހެޅުމުގެ ކުރިން ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ. އެއްވެސް ފަރާތަކަށް އެކަކަށްވުރެ ގިނަ ފަރާތުގެ ނަމުގައި އަންދާސީހިސާބު ހުށައެއްނޭޅޭނެއެވެ.
ހުށަހަޅުއްވާ އަންދާސީހިސާބާއި ލިޔުންތަކަށް މާކްސް ދިނުމަށް ހަމަޖެހިފައިވާގޮތް:
- މަސައްކަތުގެ އަގު: %90 މާކްސް
- މުއްދަތު %5 މާކްސް
- ތަޖުރިބާ %5 މާކްސް (މާކްސް ދިނުމަށް ހަމަޖެހިފައިވަނީ، ހުށަހަޅާ ކަމާގުޅޭ ލިޔުންތަކަށް ބަލައިގެންނެވެ.)
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 ޞަފަރު 1438