ދިވެހިރާއްޖެ
އިޢުލާން
ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޢިމާރާތްކުރުމަށްޓަކައި ނަރުދަމާނިޒާމުގެ ކޮންޓްރޯލްރޫމުގެ އިރުމަތީފަރާތުން ' 150'x200 ގެ ބިމެއް މިހާރުވަނީ ފާހަގަކުރެވިފައެވެ. މި ބިމުގައިހުރި ރުއްގަހުގައި މިހާރު ހުންނާނީ މަޑުފެހިކުލައިގެ ދަވާދަކުން 1 ން 155 އަށް ނަންބަރު ޖަހާފައެވެ.
ވީމާ، ދެންނެވިފައިވާ ސަރަޙައްދުގައި އެއްވެސް ފަރާތެއްގެ ރުކެއް ނުވަތަ ގަހެއް ހުރިނަމަ، އެއީ ކޮންފަރާތެއްގެ ރުކެއް ނުވަތަ ގަހެއްކަން އެނގޭނޭ ގޮތަށް އެ ރުކެއް ނުވަތަ ގަހެއްގައި މި އިދާރާއިން ޖަހާފައިވާ ނަންބަރު، 2016 ނޮވެންބަރު 29 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުން އެދެމެވެ.
ދަންނަވަމެވެ. މި ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމަށްޓަކައި މި އިދާރާއިން ކުރި ނަންބަރު: 374-C/2016/78 (7 ނޮވެންބަރު 2016) އިޢުލާނުން ވެސް ދެންނެވިފައިވާނެއެވެ. މިއީ، މި ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމަށްޓަކައި ކުރެވޭ ދެވަނަ އިޢުލާނެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
21 ޞަފަރު 1438