ސ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރު 09/2011 ސަރކިއުލަރއިން ސްކޫލް މަދަރުސާތަކުގެ ސެކިއުރިޓީ އައުޓްސޯސް ކުރުމަށް ނިންމާފައިވުމާ ގުޅިގެން، ވިޔަފާރި އުސޫލުން 2017 ވަނަ އަހަރު ސ.އަތޮޅު މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސ.އަތޮޅު މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

2016 ނޮވެންބަރު 29 ވާ އަންގާރަދުވަހުގެ 10:00 އަށް

2016 ޑިސެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6895679 ނަންބަރު ފޯނާއެވެ.

21 ޞަފަރު 1438

21 ނޮވެންބަރު 2016
ހޯދާ