ދިވެހިރާއްޖެ
އިޢުލާން
ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
އަންދާސީހިސާބު ހުށައެޅުމުގެ ދަޢުވަތު
ކޮންޓްރެކްޓު އުސޫލުން 2017 ވަނަ އަހަރު މި މަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި މަސައްކަތަށް އެދުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫން (ޤާނޫން ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގެ މި މަދަރުސާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުން |
2016 ނޮވެންބަރު 27 ވާ އާދީއްތަ ދުވަހުގެ 11:00 ގައި |
އަންދާސީހިސާބު ހުށަހެޅުމާއި، ކެނޑުން |
2016 ޑިސެންބަރު 01 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި |
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މަދަރުސާއަށް ސިޓީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާނަމަ، 6560019 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަ ފަހަރުކުރި މި މަދަރުސާގެ ނަންބަރު GS07/IUL/2016/032 އިޢުލާނާ ގުޅިގެން ކުރިމަތިލި ފަރާތްތަކުގެ ތެރޭގައި އެންމެ ފަރާތެއް ފިޔަވައި އެހެން ފަރާތްތަކުގެ ބިޑު ފުރިހަމަނުވާތީ އެ އިޢުލާން ބާޠިލުކުރި ވާހަކަ ދެންނެވީމެވެ.
22 ޞަފަރު 1438