ދިވެހިރާއްޖެ
އިޢުލާން
އަތޮޅުގެ މަރާމާތު ކުރުމާބެހޭ
މިނިސްޓްރީ އޮފް ހޯމް އެފެއާޒް މެދުވެރިވެވަޑައިގެން ކުރަން ހަމަޖެހިފައިވާ މި އަތޮޅު އަތޮޅުގޭގެ ތިރީގައި މިދަންނަވާ މަރާމާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މި އިދާރާގެ ނަންބަރު (IUL)241-B/241/2016/49 އިޢުލާނާ ގުޅިގެން 8 ފަރާތަކުން މަޢުލޫމާތު ސާފުކުރި ނަމަވެސް، އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ މަސައްކަތަށް އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަތޮޅުގޭގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ތިރީގައި ބަޔާންކުރެވިފައި މިވަނީއެވެ.
1- ފާޚާނާތަކުގެ މަސައްކަތް
2- ފަރނީޗަރުގެ މަސައްކަތް
3- އޭސީ ބަދަލުކުރުމުގެ މަސައްކަތް
4- އިލެކްޓްރިކް މަސައްކަތް
5- ދޮރުފޮތި އާކުރުމުގެ މަސައްކަތް
6- ވަޑާމުގެ މަސައްކަތް
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 29 ވާ އަންގާރަދުވަހުގެ 13:00 އަށް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 4 ވާ އާދީއްތަދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ކޮންމެ މަސައްކަތަކަށްވެސް ވަކިންނެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި އަދި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި އަދި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަންވާނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. މި މަސައްކަތަށް ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މާކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.
- މަސައްކަތުގެ ޖުމްލަ އަގަށް ދެވޭ މާކްސް %60
- ހުށަހަޅާ މުއްދަތަށް ދެވޭ މާކްސް % 15
- ލިބިފައިވާ ތަޖުރިބާއަށް ދެވޭ މާކްސް % 15
- މާލީ ތަނަވަސްކަމަށް % 10
މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
22 ޞަފަރު 1438