ދިވެހިރާއްޖެ
އިޢުލާން
ރަސްދޫ ޕްރައިވެޓް ބީޗުގައި ފެންސް ޖެހުން:
މި ކައުންސިލުގެ ނަންބަރު: (IUL)340/340/2016/63 (20 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ ދެ ފަރާތުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް، ބައެއް ތަކެތި މި ކައުންސިލުން ދިނުމުން މި ރަށުގެ ޕްރައިވެޓް ބީޗުގެ ގޮތުގައި މި ކައުންސިލުން ކަނޑައަޅާފައިވާ ސަރަޙައްދުގައި ފެންސް ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 4 ވަނަ ދުވަހުގެ 12:30 އަށް މި ކައުންސިލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ޑިސެންބަރު 12 ވަނަ ދުވަހުގެ 12:30 އަށް މި ކައުންސިލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާންޖެހޭނީ ދިވެހި ރައްޔިތެއްކަން އަންގަިއދޭ ކާޑު ހިފައިގެންނެވެ. މަޢުލޫމާތު ސާފުކުރަން ބަދަލުގައި އަންނަ ފަރާތްތަކުން އެކަން ބަޔާންކޮށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެއްނޭޅޭނެއެވެ.