މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
ފާޚާނާ ހަދަން

ފާޚާނާ މަސައްކަތް ކުރުމާބެހޭ:

މި މަދަރުސާގައި 4 ފާޚާނާ ހަދަން ބޭނުންވެއެވެ.

އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކޮށްދިނުން

އަންދާސީހިސާބު ބަލައިގަތުން

2016 ނޮވެންބަރު 27 ވާ އާދީއްތަދުވަހުގެ 13:30 އަށް

2016 ނޮވެންބަރު 30 ވާ ބުދަދުވަހުގެ 13:30 އަށް

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގައި ބައިވެރިވެވަޑައިނުގެންނެވޭނެވާހަކަ ދެންނެވީމެވެ.

މި މަސައްކަތް ކުރުމަށް ކުރެވުނު ނަންބަރު (IUL)GS-51-Dpt-101/INDIV/2016/34 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާޠިލު ކުރީމެވެ.

22 ނޮވެންބަރު 2016
ހޯދާ