އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ) (3 މަސްދުވަސް)
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ގިންތި:

ވަގުތީ (3 މަސްދުވަސް)

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަސައްކަތްކުރާ ކޮންމެ ދުވަހަކަށް (ކޮންމެ 6 ގަޑިއިރަކަށް) 250/93 ރުފިޔާ (ދުއިސައްތަ ފަންސާސް ރުފިޔާ ނުވަދިހަ ތިން ލާރި)

އިތުރުގަޑި:

އިތުރު މަސައްކަތްކުރަން ޖެހިއްޖެނަމަ، އިތުރުގަޑީގެ މަސައްކަތަށް، ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ގަޑިއާއި، ތަނާއި ރަށް:

ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް އެޓަރނީ ޖެނެރަލްގެ އޮފީސް/ ޖެނެރަލް އެޑްމިނިސްޓްރޭޝަން ސެކްޝަން، މާލެ

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

 

 

1. އޮފީހުގެ ރިސެޕްޝަނަށް ލިބޭ ސިޓީތަކާއި ލިޔެކިޔުންތައް އެންޓްރީއަށް އެންޓަރކުރުމާއި، ސްކޭންކުރުމާއި، ސެކްޝަންތަކަށް ހަވާލުކުރުން.

2. އޮފީހުގެ ރިސެޕްޝަނަށް އަންނަ ފޯނުކޯލްތަކަށް ޖަވާބުދިނުން.

3. ސެކްޝަނަށް ލިބޭ ސިޓީތަކަށް ޖަވާބުތައްޔާރުކޮށް ފޮނުވަންޖެހޭ އެންމެހައި ފަރާތްތަކަށް ފޮނުވުން.

4. ސެކްޝަނަށް ލިބޭ ސިޓީއާއި މެސެޖް ފަދަ ތަކެތި، އެންޓްރީއަށް އެންޓަރކުރުން.

5. ސެކްޝަނުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

6. އޮފީހުގެ އަހަރު ރިޕޯޓަށް، ސެކްޝަނުން ބޭނުންވާ މައްސަލަތަކުގެ ސްޓޭޓަސްގެ ތަފްޞީލް ރިކޯޑް ބެލެހެއްޓުން.

7. ޤާނޫނުއަސާސީގެ ފޮތް ވިއްކުމާއި، ޤާނޫނުއަސާސީގެ އިނގިރޭސި ތަރުޖަމާ ފޮތް ވިއްކުމާގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.

8. އޮފީހުގެ މީޓިންގތައް ބޭއްވުމުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުން.

9. އޮފީހުގެ ފަރާތުން ބާއްވާ ޖަލްސާ / ވަރކްޝޮޕްގެ ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުން.

10. ސްޓޮކް ބެލެހެއްޓުމުގެ މަސައްކަތްތައްކުރުން.

11. މީގެ އިތުރުންވެސް، އޮފީހުން ހަވާލުކުރާ ރަސްމީ އެންމެހައި މަސައްކަތްތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

 

 

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

- މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު.

- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަވިއުކުރުމަށް ކަނޑައަޅާފައިވާ މުއްދަތާއި ތަން:

2016 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ ތެރޭގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ.

 

 

 

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ޑިސެންބަރު 4 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން،  ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، އަންނަނިވި ލިޔެކިޔުންތަކާއެކު މި އޮފީހަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު، މި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އޮފީހުގެ www.agoffice.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

1. ވަޒީފާއަށް އެދޭފަރާތުގެ ސީވީ ނުވަތަ ރެޒުމޭ؛

2. އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ؛

3. ސްކޫލް ލީވިންގ ސެޓުފިކެޓުގެ ފޮޓޯކޮޕީ؛

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ؛

5. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ (އަދާކޮށްފައިވާ މަޤާމުގެ ރޭންކް އެނގޭގޮތަށް) ހާމަކޮށްދޭ ލިޔުންތަކުގެ ކޮޕީ؛

7. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަން އެނގޭނެ، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

 

ނޯޓު:

ވަޒީއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މި މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައިގެން، އެކަންކަމަށް އިސްކަންދޭގޮތަށް އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް، މި އޮފީހުގެ 3010100 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

 20 ޞަފަރު 1438

     

 
20 ނޮވެންބަރު 2016
ހޯދާ