ވ. އަތޮޅު ތަޢުލީމީ މަރުކަޒު، ވ. ފެލިދޫ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި މަރުކަޒުގެ ތިރީގައިވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް:

މި މަރުކަޒުގެ ނަންބަރު (9/11/2016) (IUL)GS-38-A/GS-38/2016/26 އިޢުލާނާ ގުޅިގެން އެކަމަށް އެދި އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

– ކްލާސްރޫމްތަކާއި އޮފީސް، ސްޓާފްރޫމް، ލައިބްރަރީ، އަދި ގުދަނުގެ ތަޅު ބަދަލުކުރުން

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 27 ވާ އާދީއްތަދުވަހުގެ 13:00 އަށް މި މަރުކަޒަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 5 ވާ ހޯމަދުވަހުގެ 13:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި މަރުކަޒަށް ދުރުވެދެއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ނުދުރުވާ ފަރާތްތަކާއި، ޑޮކިއުމަންޓްސް ފުރިހަމަނުވާ ފަރާތްތަކާއި، ގަޑިއަށް ހާޒިރުނުވެވޭ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަދުވެގެން 3 ފަރާތުން މިކަމަށް އަންދާސީހިސާބު ހުށަނާޅުއްވައިފިނަމަ ގަވާއިދުން އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 6700026 ފޯނާ ގުޅުއްވުން އެދެމެވެ.

  • ހުށަހަޅުއްވަންޖެހޭ ތަކެތި:

    1. އަންދާސީހިސާބު (ޕްރޮޕޯޒަލް)

    2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

    3. މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީ

21 ނޮވެންބަރު 2016
ހޯދާ