ދިވެހިރާއްޖެ
އިޢުލާން
މި މަރުކަޒުގެ ތިރީގައިވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް:
މި މަރުކަޒުގެ ނަންބަރު (9/11/2016) (IUL)GS-38-A/GS-38/2016/28 އިޢުލާނާ ގުޅިގެން އެކަމަށް އެދި އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.
– ސްކޫލުގެ 10 ކްލާސްރޫމުގައި ކުލައާއި ދަވާދުލުން.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 27 ވާ އާދީއްތަދުވަހުގެ 11:00 އަށް މި މަރުކަޒަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެމްންބަރު 5 ވާ ހޯމަދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިމަރުކަޒަށް ދުރުވެދެއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ނުދުރުވާ ފަރާތްތަކާއި، ޑޮކިއުމަންޓްސް ފުރިހަމަނުވާ ފަރާތްތަކާއި، ގަޑިއަށް ހާޒިރުނުވެވޭ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަދުވެގެން 3 ފަރާތުން މިކަމަށް އަންދާސީހިސާބު ހުށަނާޅުއްވައިފިނަމަ، ގަވާއިދުން އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 6700026 ފޯނާ ގުޅުއްވުން އެދެމެވެ.
ހުށަހަޅުއްވަންޖެހޭ ތަކެތި:
1. އަންދާސީހިސާބު (ޕްރޮޕޯޒަލް)
2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
3. މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީ