މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އިމާރާތްތަކުގެ ސްޓްރަކްޗަރަލް ކުރެހުންތައް ޗެކުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޢިމާރާތްތަކުގެ ސްޓްރަކްޗަރަލް ކުރެހުންތައް ޗެކުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީއަށް ހުށަހަޅާ ބައެއް ޢިމާރާތްތަކުގެ ސްޓްރަކްޗަރަލް ކުރެހުންތައް މި މިނިސްޓްރީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޗެކުކުރުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 6 ވާ އަންގާރަދުވަހު 10:00 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން ލިބެން ހުންނާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން، ވަނަވަރާއި، މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދޭނެ ތަފުސީލާއެކު ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު ބޭނުންވާ ނަމަ މި މިނިސްޓްރީގެ ނަންބަރު 3004172 ފޯނާ ގުޅައިގެން މަޢުލޫމާތު ސާފުކުރުން އެދެމެވެ.

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ

މާފަންނު، އަމީނީމަގު،

މާލެ، ދިވެހިރާއްޖެ

21 ޞަފަރު 1438

21 ނޮވެންބަރު 2016
ހޯދާ