ދިވެހިރާއްޖެ
އިޢުލާން
ހަނިމާދޫ ކްލައިމެޓް އޮބްޒަރވޭޓްރީގެ ޓަވަރު މަރާމާތުކުރުމާއި، ކަރަންޓް ވަޔަރު ކުރުމާބެހޭ
މޯލްޑިވްސް ކްލައިމެޓް އޮބްޒަރވޭޓްރީ ހަނިމާދޫގެ ސައިންޓިފިކް އާލާތްތައް ބެހެއްޓިފައިވާ 52.5 ފޫޓުގެ އުސް ދަގަނޑު ޓަވަރު މަރާމާތުކުރުމާއި، މި ޓަވަރުގެ ކަރަންޓް ވައިރު ރަނގަޅުކުރުމަށް ބޭނުންވެގެން ފުރަތަމަ ކުރެވުނު ނަންބަރު MMS-A/2016/42 އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، ދެވަނަ ފަހަރަށް ކުރެވުނު MMS-A/2016/47 ނަންބަރު އިޢުލާނަށް އެއްވެސް ފަރާތަކުން ބިޑްހުށަހަޅާފައިނުވާތީ އަނެއްކާވެސް އިޢުލާން ކުރީމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 29 ވާ އަންގާރަދުވަހުގެ 13:00 ގައި ހދ. ހަނިމާދޫގައި ހުންނަ ކްލައިމެޓް އޮބްޒަރވޭޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރު 6 ވާ އަންގާރަ ދުވަހުގެ 13:00 ގައި، ހދ. ހަނިމާދޫގައި ހުންނަ ކްލައިމެޓް އޮބްޒަރވޭޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.
މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
20 ޞަފަރު 1438